ފްލޮއިޑްގެ މަރު: ޑެރެކް ޝޯވިންގެ މައްޗަށް ކުށް ސާބިތުވެއްޖެ

ޖޯޖް ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުހުންގެ އަމަލުތައް ހުރި ގޮތުން އޭނާ ވަނީ މަރުވެފަ އެވެ. މި މައްސަލާގައި ފްލޮއިޑްއާ މެދު އަނިޔާވެރިވި ޑެރެކް ޝޯވިންއަށް ވަނީ ތިން ދައުވާއެއް އުފުލާފަ އެވެ. އެ ތިން ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ޕްރޮސެކިއުޓަރުން މިހާރު ވަނީ ކަނޑައަޅާފަ އެވެ. ހުކުމް ކުރުން އޮންނާނީ އަދި ފަހުގެ ތާރީހެއްގަ އެވެ.
ފްލޮއިޑް 46، މަރުވީ މިދިއަ އަހަރު މެއި 25 ގައި އެވެ. ފަހަތަށް ބިޑިއަޅުވައި ކަރަށް ފައިންއަރައި އޮބައިގަންތަނުން ނޭވާހާސް ވެގެންނެވެ. މި މައްސަލާގައި ޝޯވިން ވަޒީފާއިން ވަކިކޮށް ހައްޔަރުކުރި ނަމަވެސް ކަފާލާތުގެ ދަށުން 1.25 މިލިއަން ޑޮލަރު ދެއްކުމުން ވަނީ ދޫކޮށްލާފަ އެވެ.
ޖޯޖް ފްލޮއިޑް މަރާލުމާ ގުޅިގެން މަގުތަކަށް އާންމުން ނިކުމެ އަޑުއުފުލަނީ: މިއީ މިހާރު ފާހަގައެއް ގޮތުގައި ބޭނުންކުރެވޭ ޕޯސްޓަރެއް
ޑެރެކް ޝޯވިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމުން އޭނާ ވަނީ އަލުން ހައްޔަރުކޮށްފަ އެވެ. އޭނާގެ މައްޗަށް އުފުލި ތިން ދައުވާ ވެސް ފެތެނީ މީހުން މެރުމުގެ ކުށުގެ ތެރެއަށެވެ.
މީހަކު މެރުމުގެ ދެވަނަ ދަރަޖަ: ގަސްދުގައި މީހަކު މެރުން އެކަމަކު ކުރިއާލައި ރޭވުމެއް ނެތިމީހަކު މެރުމުގެ ތިންވަނަ ދަރަޖަ: އަމަލުތައް ހުރި ގޮތުން އަދި މަރާލުމުގެ ވިސްނުމެއް ނެތި އުސޫލާ ޚިލާފަށް ބާރުގެ ބޭނުންކުރުމުގެ ސަބަބުން މަރުވުންގަސްދެއް ނެތި އަދި ކުރިއާލައި ރާވާފައި ނެތް ހާލަތެއްގައި ހިނގާ ކަމަކުން މީހަކު މަރުވުން
ޑެރެކް ޝޯވިންގެ މައްޗަށް ކުށް ސާބިތުވުމުން އޭނާ އިންކާރުކޮށްފައެއް ނުވެ އެވެ. އެހެންކަމުން ދެން އޮންނާނީ އަދަބު ކަނޑައެޅުމެވެ. އުފުޅާފައިވާ ތިން ދައުވާއަށް ބަލާއިރު 40 އަހަރުގެ ޖަލު ހުކުމަކާއި 25 އަހަރު އަދި 10 އަހަރު، ޖުމުލަ 75 އަހަރު ޖަލު ހުކުމެއް އިއްވުމަކީ ވެސް އޮތް ފުރުސަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ