މިއަދު ލީކްކޮށްލި އުތުރުތިލަފަޅު އެއްބަސްވުމަކީ ސައްހަ ލިޔުމެއް: އުމަރު ނަސީރު

އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި، ބަނދަރެއް ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރާއިއެކު ހަދާފައިވާ އެއްބަސްވުން ކަމަށް ބުނެ މިއަދު ލީކުކޮށްލީ ސައްހަ ލިޔުމެއް ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މިއަދު އަޅުގަނޑު ލީކްކޮށްލި އެއްބަސްވުމަކީ ސައްހަ ލިޔުމެއް ކަމަށާއި އެއީ އިންޑިއާއިން ފޮނުވި އެއްބަސްވުމުގެ ސްކޭން ކޮޕީއެއް ކަމަށެވެ. އަދި އިތުރު މައުލޫމާތު މާދަމާ ހާމަކުރައްވާނެ ކަމަށްވެސް އުމަރު ނަސީރު ވިދާޅުވެފައިވެއެވެ.
މި އެއްބަސްވުމުގެ ކޮޕީއެއް ސޯޝަލް މީޑިއާގައި ވަނީ ލީކުކޮށްލައިފަ އެވެ.
އެލިޔުމުގައިވާގޮތުން އިންޑިއާ ސަރުކާރާއިއެކު ގާއިމްކުރި އެއްބަސްވުމުގައި ޖުމްލަ 12 މާއްދާއެއް ވަނީ ހިމަނައިފަ އެވެ. އެގޮތުން އެއްބަސްވުމުގެ ހަވަނަ މާއްދާއަކީ އުތުރު ތިލަފަޅުގައި ގާއިމްކުރާ ޑޮކްޔާޑާއި ބަނދަރަށް ބޭނުންވާ ވަސީލަތްތައް މެނޭޖުކޮށް މެއިންޓެއިން ކުރުމާއި ގުޅޭ މާއްދާ އެވެ. ވަސީލަތްތަކާއި ގުޅޭ އިދާރީ ކަންކަންވެސް ވަނީ 6 ވަނަ މާއްދާގައި ބަޔާން ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ