ގާޒީ ނިހާންގެ ވަކީލު ސަސްޕެންޑް ކޮށްފައިވަނިކޮށް އިސްތިއުނާފުގެ އަޑުއެހުމެއް ތާވަލުކޮށްފި

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ނެރުނު އަމުރު މައްސަލައިގައި ހައްޔަރުކޮށްފައިވާ މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ އަޑުއެހުމެއް މާދަމާ ހައިކޯޓުގައި ތާވަލުކޮށްފިއެވެ.
ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސައްހަނޫން ކޯޓު އަމުރެއް ނެރުނު މައްސަލައިގައި، ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 17 އަހަރަށް ޖަލަށްލާފައިވާ ނިހާންގެ އިސްތިއުނާފް މައްސަލަ ތާވަލުކޮށްފައި ވަނީ ހެނދުނު 11 ޖަހާއިރަށެވެ.
މާދަމާއަށް ނިހާންގެ އިސްތިއުނާފުގެ އަޑުއެހުން ތާވަލުކޮށްފައިވާއިރު، އޭނާގެ ވަކީލު ހުސްނުއްސޫދު ވަނީ ސުޕްރީމް ކޯޓުން ސަސްޕެންޓް ކޮށްފައެވެ.
ނިހާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ޖަލަށް ލާފައިވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުގައެވެ. އޭނާގެ މައްޗަށް މި ދައުވާ ސާބިތުވީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ގާނޫނީ އިމުން ބޭރުން ރައީސް ޔާމީން ހައްޔަރުކޮށް ރަހީނުކުރަން އުޅުނު ކަމަށް ސާބިތުވެގެންނެވެ. މި މައްސަލައިގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވެސް ވަނީ މި ދައުވާ ސާބިތުވެ ޖަލަށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ