ބޮޑެތި މަޝްރޫއުތަކާއެކު 6000 ޓަނުގެ އާގުބޯޓް ފަހަރަށް ވަދެވޭ ފެންވަރަށް ކުޅުދުއްފުށީ ބަނދަރު ހަދާނަން: ގާސިމް

ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ކުޅުދުއްފުށީގައި ތަރައްގީ މުހިންމު މަޝްރޫއުތަކެއް ކުރިއަށް ގެންދާނެ ކަމަށާއި އެ ރަށުގެ ބަނދަރަކީ 6000 ޓަނުގެެ އާގުބޯޓަށް ވަދެ ނިކުމެވޭ ފެންވަރުގެ ބަނދަރަކަށް ހައްދަވާނެކަމަށް ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިރޭ ކުޅުދުއްފުށީގައި ބޭއްވި ޖުމްހޫރީ ގުޅުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މިހާރު ކުޅުދުއްފުށީ ބަދަރަކީ 1000 ޓަނުގެ އަގުބޯޓް ފަހަރަށް ވެސް ބަނދަރުކުރެވޭ ބަނދަރެއް ނޫން ކަމަށާ އެމަނިކުފާނުގެ ވެރިކަމެއްގައި އެ ބަނދަރު ތަރައްގީ ކުރައްވާނެ ކަމަށެވެ.
އެމަނިކުފާނު މިރޭ ވިދާޅުވީ ކުޅުދުއްފުއްޓަކީ އާބާދީ ބޮޑު ރަށަކަށްވާތީ ބިމުގެ ދަތިކަން މިހާރު ވެސް ރަށަށް ކުރިމަތިވެފައިވާ ކަމަށާއި އެ ރަށުގެ ބިމުގެ މައްސަލަ ހައްލުކޮށްދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށާއި ކުޅުދުއްފުށީ ކުޅި ސަރަހައްދު އެ ނޫންގޮތަކަށް ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.
މީގެ އިތުރުން ކިޔަވަން ބޭނުންވާ ފަރާތްތަަކަށް ވަޒީފާގައި ތިބެ ޕޭލީވްގައި ކިޔެވޭނެ އިންތިޒާމެއް، މަނިކްފާނުގެ ސަރުކާރެއްގައި ހަމަޖައްސަވާނެ ކަމަށް ވެސް މިރޭ ގާސިމް އިއިލާން ކުރެއްވި އިރު މުދިމުންގެ މުސާރަ ބޮޑުކޮށް ފުރިހަމަ ތަމްރީން ލިބިފައިވާ އިލްމީ ބަޔަކަށް ހަދަން، ޑިގްރީ ފެންވަރަށް މުދިމުންނަށް ކިޔެވޭނެ ފުރުސަތު ތަނަވަސް ކޮށްދެއްވާނެކަމަށް ވެސް ވައުދުވެ ވަޑައިގެންނެވި އެވެ.
ބޭރު ދަތުރު ކުރަންދާ މީހުން ގިނަ ކުޅުދުއްފުށީގައި ޖުމްހޫރީ ގުޅުމުގެ ޖަލްސާ ކުރިއަށްދިޔަ ވަގުތު އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު އެ ސަރަހައްދުގައި އަޑު އުފުލާފައިވާތީ އެކަމަށް ވެސް ގާސިމް މިރޭ އިޝާރާތް ކުރެއްވި އެވެ. ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި މެރިޓައިމް ޓްރޭނިންގ އިންސްޓިޓިއުޝަނެއް ކުޅުފުއްށީގައި ހައްދަވައިދެއްވާ މަގުމަތީގައި ތިބޭ ޒުވާނުންނަކީ މުޖްތަމައުއަށް ބޭނުންތެރި ބަަޔަކަށް ހަައްދަވާނެ ކަމަށެވެ.
ގާސިމްގެ ރަނިން މޭޓް ޑރ. ހަސަން ސައީދު ވެސް މިރޭ ވާހަކަފުޅު ދެއްކެވި އެވެ. ހަސަން ވިދާޅުވީ ވިދާޅުވީ ޒުވާނުންގެ އަހުލާގު ގޯސްވަމުންދަނީ ވަޒީފާގެ ފުރުސަތު ނެތުމުގެ ސަބަބުން ކަމަށާއި މިހާރުވެސް މިގައުމުގައި ވަޒީފާނެތި 40000 މީހުން އެބަތިބި ކަމަށެވެ.
"މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއެކު ގާސިމްގެ ވެރިކަމެއްގައި 65000 ވަޒީފާ އުފައްދާނެ. އެކަމުގެ ހިލްމާ އިލްމު ގާސިމް ކިބައިގައި އެބަހުރި،" ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ މާލެ އާއި ހުޅުމާލެ ވިލިމާލެއާއި ގުޅީފަޅާއި ތިލަފުއްޓާއި ހުޅުލެ ބުރިޖަކުން ގުޅާލައްވާނެކަމަށް ވިދާޅުވާ ބޭފުޅަކަށް 65000 ވަޒީފާ އުފައްދާނެ ގޮތް މާ ރަނގަޅަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ