ގާސިމް އިބްރާހިމް ކޯޓަށް ހާޒިރުކޮށް ދައުވާތަކާއި ގުޅޭ ލިޔުންތައް ހަވާލުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑާރ ގާސިމް އިބްރާާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅޭ ލިޔުންތައް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް މިއަދު ހަވާލުކޮށްފިއެވެ.
މިއަދު ހެނދުނު 10:00 ޖެހިއިރު ގާސިމް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ދައުވާތަކާއި ގުޅޭ ލިޔުންތަށް ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް އެކަމާ ގުޅޭ ޝަރީއަތްތައް ފަށާނެ ދުވަހެއް އަދި އަންގާފައެއް ނުވެއެވެ.
‎ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެއީ ޤާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުނުކަމުގެ ދައުވާ އެވެ. މި ހުރިހާ ދައުވާ އަކަށް ވެސް ގާސިމް އިބްރާހިން ވަނީ އިންކާރު ކުރައްވާފައެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ