ގާސިމް އަދިވެސް އައިސީޔޫގައި، ހާލު އަންނަނީ ރަނގަޅުވަމުން

އޭޑީކޭގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުން ގެންދާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމުގެ ހާލު މަޑު މަޑުން ރަނގަޅުވަމުންދާ ކަން އެގިއްޖެއެވެ.
އިތުބާރު ހުރި ފަރާތަކުން ވީއެފްޕީއަށް މައުލޫމާތު ދިން ގޮތުގައި ގާސިމުގެ ހާލުކޮޅު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.
ގާސިމް އެޑްމިޓުކޮށް ފަރުވާ ދޭން ފަށާފައިވަނީ އިއްޔެ މެންދުރު އޮފީހަށް ވަޑައިގަންނަވަނިކޮށް ނޭވާ ކުރުވެ މެއަށް ތަދެއް އެރުމާއި ގުޅިގެންނެވެ.
ގާސިމަށް ފުރަތަމަ ފަރުވާ ދީފައިވަނީ މެޑިކާގައެވެ. އޭޑީކޭއަށް ބަދަލުކޮށްފައިވަނީ ރޭ ރާއްޖެއިން ބޭރަށް ގެންދިއުމަށް އެއާޕޯޓަށް ގެންދިއުމުން ފުރަން ހުއްދަ ނުދީ ހިފެހެއްޓުމުންނެވެ.
ގާސިމްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ފުރަން އެއާޕޯޓަށް ދިޔަ ފަހުން ކަމަށް ޖުމްހޫރީ ޕާޓީން ބުނެއެވެ.
ގާސިމު އެޑްމިޓުކޮށް އިއްޔެ ފަރުވާދޭން ފަށާފައިވާ އިރު އިއްޔެ މެންދުރު ގާސިމްގެ މައްޗށް ދައުލަތުން ކުރާ ރިޝްވަތު ހުށަހެޅުމުގެ ދައުވާގެ އަޑުއެހުންތައް ވެސް ފެށުމަށް އޮތީ ތާވަލުކޮށްފައެވެ. ނަމަވެސް ފަހުން އެ އަޑުއެހުންވަނީ ކެންސަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ