އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން ޣައްޒާ އަށް ދެމުންދިއަ ލާއިންސާނީ ހަމަލާތައް ވަގުތީ ގޮތުން މިއަދު މެދުކަނޑާލި ނަމަވެސް ޣައްޒާގެ ރައްޔިތުން ތިބީ ބިރުވެރި ކަމެއްގެ ތެރޭގައެވެ.
ތިން ދުވަހަށް ހަމަލާ ހުއްޓާލަން ވެފައިވާ ވައުދު އިސްރާއީލުން ކޮންމެ ވަގުތަކުވެސް އުވާލާފާނެ ކަމަށް ޣައްޒާގެ ރައްޔިތުން ގަބޫލުކުރެއެވެ.
މުޅި ޣައްޒާ އިސްރާއީލްގެ ހަމަލާތަކުގައި ފުނޑުފުނޑު ވެފައިވާއިރު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތާއި ހަމަލާތަކުގެ ސަބަބުން ވަޅުނުލެވި ތިބި ޝަހީދުން ވަޅުލުމުގެ މަސައްކަތް މިއަދު ޣައްޒާގެ ރައްޔިތުން ވަނީ ކޮށްފައެވެ.
ސުލްހައިގެ ނުރަސްމީ ވާހަކަތައް ގާހިރާގައި ކުރިއަށްދާއިރު މީގެ ގަޑިއެއްހާއިރު ކުރިން ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމަށް އިސްރާއީލްގެ ވަފުދެއް ވަނީ ގާހިރާއަށް ގޮސްފައެވެ.
ހަމާސް އާއި ފަލަސްތީނުގެ އޮފިޝަލުން މިހާރުވެސް ތިބީ ގާހިރާގައެވެ.
މެދުއިރުމަތީގެ މަސްރަހު ދިރާސާ ކުރަށްވާ މުރާސިލުން ވިދާޅުވާ ގޮތުގައި އިސްރާއީލްގެ ބަސްމަގު މިހާރު ހުރި ގޮތުން ހަނގުރާމަ ކޮށްގެން ހަމާސްގެ ހަމަލާތައް ނުހުއްޓުވޭނެ ކަން އިސްރާއީލް ސަރުކާރުން ވެސް ވަނީ ގަބޫލު ކޮށްފައެވެ. އެހެންކަމުން ހަމާސްއިން ކުރަމުންދާ ޑިމާންޑްތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް އިސްރާއީލުންދިނުން ވަރަށް އެކަށީގެންވާ ކަމަށް މުރާސިލުން ވިދާޅުވެއެވެ.
ޣައްޒާގެ ރައްޔިތުން އަދިވެސް ބިރުވެރި ކަމެއްގެ ތެރޭގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ