އޭސީޕީ ޑރ. އަބްދުﷲ ފައިރޫޝް ފުލުހުންގެ ހިދުމަތުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޝް ފުލުހުންގެ ހިދުމަތުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.
ފުލުހުންގެ ޚިދުމަތުގައި 1998 އޮކްޓޫބަރު 12 ވަނަ ދުވަހުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދެވި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް ރިޓަޔަރ ކުރައްވާފައިވަނީ 2021 ޖެނުއަރީ 2 ވަނަ ދުވަހުން ފެށިގެންނެވެ.
އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް ޢަބްދުﷲ ފައިރޫޝް ވަނީ 20 އަހަރާއި 1 މަސް ދުވަހުގެ މުއްދަތަށް ހިދުމަތްކޮށްދެއްވާފައެވެ. މިމުއްދަތުގެ ތެރޭގައި ޢަބްދުﷲ ފައިރޫޝް ވަނީ އަހުލާގީ ކުލަ 1، އަހުލާގީ ކުލަ 2، ފުލުހުންގެ ހިދުމަތުގެ ކުލަ، އިހުލާސްތެރި ހިދުމަތުގެ ކުލަ، ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، ހާއްސަ ހިދުމަތުގެ ކުލަ، ކާމިޔާބުގެ ކުލަ، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، އަހުލާގީ މެޑަލް އިހުލާސްތެރި ހިދުމަތުގެ މެޑަލް، ފުލުހުންގެ މެޑަލް، މިނިވަން ފަންސާހުގެ މެޑަލް އަދި ސުނާމީ ކާރިޘާގެ މެޑަލް ލިބިލައްވާފައިވެއެވެ.
އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް ޢަބްދުﷲ ފައިރޫޝް ފުރިހަމަ ކުރައްވާފައިވާ ތަމްރީނުތަކުގެ ތެރޭގައި ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ފުރިހަމަކުރައްވާފައިވާ ތަމްރީނުތައް ހިމެނެއެވެ. މިތަންރީނުތަކުގެ ތެރޭގައި ރެކްރޫޓް ޓްރެއިނިންގ، ސްޕެޝަލް ޓާސްކް ފޯސް ޓްރެއިނިންގ އާއި 278 ވަނަ ސެޝަން އޮފް އެފްބީއައި ނޭޝަނަލް އެކަޑަމީ އާއި ބޭސިކް ކޯސް އޮފް އައިޕީއެސް ޕްރޮބޭޝަނަރސް، ޕޮލިސް ސްޓޭޝަން މެނޭޖްމަންޓް ކޯސް އެންޑީއެސް -2000 އޮޕަރޭޝަން އެންޑް ފީލްޑް މެއިންޓަނެންސް ޓްރެއިނިންގ ކޯސް، ބިލްޑިންގ ވޯލްޑްކުލާސް ޓީމްސް، ސެޓިފައިޑް  އޮރަކަލް ޑެވެލޮޕަރ، އަދި ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ލެން ގެ އިތުރުން ސްޓްރެޓީޖިން މެނޭޖްމަންޓް ސްޓަޑީޒް އިން ޕޮލިސިންގ ރެސިޑެންސަލް ޕްރޮގްރާމް، އައިސީއެސް އެންޑް އީއޯސީ މެނޭޖްމަންޓް، ކޮންޕްރިހެންސިވް މެނޭޖްމަންޓް ފަދަ ތަމްރީނުތައް ހިމެނެއެވެ.
 
ޢަބްދުﷲ ފައިރޫޝް ފުރިހަމަ ކުރައްވާފައިވާ ކޯސްތަކުގެ ތެރޭގައި ޑިޕްލޮމާ އިން ކޮމްޕިއުޓަރ ސްޓަޑީޒް، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން އިންޓަރނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް، މާސްޓަރސް އޮފް ރީސަރޖް، މާސްޓަރސް އޮފް އިންޓަރނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް އަދި ޕީއެޗްޑީ ހާސިލްކުރައްވާފައިވަނީ ޕޮލިސިންގ، އިންޓެލިޖެންސް އެންޑް ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިންނެވެ.
ޢަބްދުﷲ ފައިރޫޝް  ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމާ ހަމައަށް ހުންނެވީ ހެޑް އޮފް ރިސޯސް މެނޭޖްމަންޓްގެ މަގާމުގައެވެ.
އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ރިޓަރޔަރޑް ޢަބްދުﷲ ފައިރޫޝް ފުލުހުންގެ ހިދުމަތުން ޝަރަފްވެރިކަމާއެކު ރިޓަރކުރެއްވުމާއި ގުޅިގެން  ރިޓަޔަރ ކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ 2020 ޑިސެމްބަރު 31 ވަނަ ދުވަހު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. އަދި ޢަބްދުﷲ ފައިރޫޝް ފުލުހުންގެ ހިދުމަތުން ޝަރަފްވެރިކަމާއެކު ރިޓަޔަރކުރެއްވުމާ ގުޅިގެން ޖެނުއަރި 2 ވަނަ ދުވަހުވަނީ ހާއްސަ ފެއަރވެލްއެއް ބާއްވަފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ