42 ކިލޯގެ ޑްރަގް: ޕީއެންސީގެ ކައުންސިލް މެމްބަރު ވަކިކޮށްފި

މާފަންނު ގެއެއްގެ ތަޅުންދަށުގައި ވަޅުލާފައި ހުރި 42 ކިލޯގެ ޑްރަގް މައްސަލައިގައި ހައްޔަރު ކުރި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުރި އަހުމަދު ހުސައިން އެ މަގާމުން ވަކިކޮށްފިއެވެ.
ޕީއެންސީން ބުނެފައިވަނީ އަހުމަދު ހުސައިންގެ މައްޗަށް ކުރެވޭ ތުހުމަތެއްގައި އޭނާ ހައްޔަރު ކުރި ކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމައްސަލަ ބެލުމަށްފަހު ޕީ.އެން.ސީ ގެ އަސާސީޤަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށެވެ.
އެގޮތުން އަހުމަދު ހުސައިން ޕީއެންސީގެ ކައުންސިލް މެންބަރު ކަމުން ވަކި ކޮށް، ޕާޓީގެ އާންމު މެންބަރެއްގެ ގޮތުގައިވެސް ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
"ހަމައެއާއެކު އަޙްމަދު ޙުސައިންގެ މައްޗަށް ކުރެވިފައިވާ ތުޙުމަތުގެ މައްސަލަ ބަލާ ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުން އަވަސް ކުރުމަށް ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށްވެސް ގޮވާލަމެވެ." ޕީއެންސީން ބުނެފައިވެއެވެ.
މިއީ ޑްރަގްގެ ބޮޑު މައްސަލައެއްގައި ހައްޔަރުކުރި ޕީއެންސީގެ ދެވަނަ ކައުންސިލް މެމްބަރެވެ.
130 ކިލޯ ޑްރަގް މައްސަލައިގައި ހައްޔަރުކުރި ޕީއެންސީގެ ޝަހީބު–
މީގެކުރިން ހުޅުމާލެ ފަޅުތެރޭގައި އޮތް ކަންނެލިން ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި އެންމެ އިސްކޮށް އުޅުނު ފަރާތެއްގެ ގޮތުގައި ޕީއެންސީގެ ކައުންސިލު މެމްބަރު ޝަހީބު އިބްރާހިމް ހިމެނިފައިވެއެވެ.
އެ މައްސަލައިގައި ވަކިގޮތެއް ނިމެންދެން ޕީއެންސީން ވަނީ ޝަހީބު ޕީއެންސީގެ ކައުންސިލުން ސަސްޕެންޑުކޮށްފައެވެ. މިމައްސަލައިގެ އަޑުއެހުންތައް އަދިވެސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ