އިސްލާމީ މަރުކަޒުގެ ކަރަންޓް ކޭބަލްތައް ވަގަށް ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

އިސްލާމީ މަރުކަޒު ގޯތިތެރޭގައި އަޅާފައި ހުރި ކަރަންޓް ކޭބަލްތަކެއް ބުރި ކޮށް، ވަގަށް ގެންދަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އިސްލާމީ މަރުކަޒު ގޯތި ތެރޭގައި ހުރި ކަރަންޓް ކޭބަލްތަކެއް ބުރި ކޮށްގެން ވަގަށް ގެންދަނިކޮށް ކޭބަލްތަކާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހާ ހައްޔަރު ކުރީ އިއްޔެ މެންދުރު ފަހު ގާތްގަނޑަކަށް 2:45 ހާއިރު ކަމަށެވެ.
އެމީހާ ކޭބަލްތައް ގެންދަން އުޅެނިކޮށް ފެނުނީ ވެސް ފުލުހުންނަށެވެ. އެއީ އުމުރުން 18 އަހަރު މީހެކެވެ. ފުލުހުން ބުނީ އެކަން އިތުރަށް ބަލަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ