"އިންތިޒާރު ކުރެވޭ ސަރުކާރަށް އެކަށީގެންވާ އަދަދެއްގެ ގޮނޑި ލިބޭނެ ކަމަށް،" ޔާމީން މިއަދު ވިދާޅުވި އެވެ.
މިއަދު ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ސަރުކާރަށް އެކަށީގެންވާ އަދަދެއްގެ ގޮނޑި ލިބޭނެ ކަމަށް ބެލެވޭ ކަމަށް ކުރީގެ ރައީސް / ޕީއެންއެެފްގެ ޒައީމް -- އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްހެ އެވެ.
ރައީސް ޔާމީން ދެންމެ ވަނީ ވޯޓް ލައްވާފައެވެ. ވޯޓް ލެއްވުމަށް ވަޑައިގަތުމުގެ ކުރީން ނޫސްވެރީންނާއި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ މި އިންތިހާބު ބޭއްވެނީ ރޯދަ މަހާއި ހަ ރޯދަ ނިމި ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަަމަށާ އެމަނިކުފާނަށް މި ތާރީހު އެންމެ ރަނގަޅު ނޫން ކަމަށެވެ. ވިދާޅުވީ މީގެ ދެތީން ހަފްތާ ފަހުން އިންތިހާބު ބޭއްވުނު ވަރަށް ހިތްހަމަޖެހުނީސް ކަމަށް ވިދާޅުވި އެވެ.ޔާމީން ވެސް ވިދާޅުވީ މިއަދުގެ އިންތިހާބު ގައި ވޯޓާސް ޓާން އައުޓް މަތިވެއްޖެނަމަ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމަށް ވާނެ ކަމަށެވެ.ނޫސްވެރީންގެ ގިނަ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރުގައި ތިބޭ ބަޔަކަށް އިންތިހާބު ތަކުގައި އެޑްވާންޓޭޖްތައް ހުންނާނެ ކަަމަށެވެ. އެއީ ވަޒީފާ އުފެއްދުމާއި މަޝްރޫއުތައް ފެށުމާއި އެ ނޫން ކަންކަން ކަަމަށް ވިދާޅުވި އެވެ. މި އިންތިހާބު ގައި ސަރުކާރަށް މެޖޯރިޓީ ލިބޭނެތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ ގިނަ ގޮނޑިތަކެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ."އިންތިޒާރު ކުރެވޭ ސަރުކާރަށް އެކަށީގެންވާ އަދަދެއްގެ ގޮނޑި ލިބޭނެ ކަމަށް،"ސަރުކާރަށް މެޖޯރިޓީ ނުލިބިއްޖެނަމަ އެއީ މައްސަލައެއްތޯ ސުވާލު ކުރުމުން ޔާމީން ވިދާޅުވީ އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށާ މެޖޯރިޓީ ކޮންމެ ބަޔަކަށް ލިބުނަސް ސަރުކާރަށް އުނދަގޫކޮށް ޖެއްސުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ޕީއެންއެފަށް ލިބޭނެ ތަަރުހީބާ ގުޅޭ ގޮތުން ތަކުރާރުކޮށް ސުވާލު ކުރުމުން ޔާމީން ވިދާޅުވީ އެފަދަ ހިސާބެއް ނުޖައްސަވާ ކަމަށެވެ."މި ރައީސް މިއީ ރަމަލު ޖަހާ މީހެއްތޯ،" އިންތިހާބުން މޮޅުވާނީ ކޮން ބައެއްތޯ ސުވާލު ކުރުމުން ސަމާސާ ކުރައްވާ ޔާމީން ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ސަރުކާރަށް އެކަށީގެންވާ އަދަދެއްގެ ގޮނޑި ލިބޭނެ ކަމަށް ބެލެވޭ: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ