ސްޕަރ މެޖޯރިޓީގައި ހުދުމުތާރު ވެރިއަކަށް ކުރެވޭނީ ހަމަ އެންމެ ކަމެއް! އެއީ ތަންމިނަށް އަނިޔާވެރިވުން! ދެން ފެންނާނީ އަމަލުން އެކަން ކުރާތަން!

ނިމުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ރައްޔިތުން ކުރި ފުރިހަމަ ތާއީދާ އެކު ދެން ފެންނާނީ އަމަލީ ގޮތުން ކަން ކަން ކުރާ ތަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވިއެވެ.
އެދެންނެވީ ރަނގަޅު ވާހަކަ އެކެވެ. އެމަނިކުފާނަށް އަމަލުން ދެއްކޭނީ އެންމެ ކަމެކެވެ. އެއީ ތަންމިނަށް އަނިޔާވެރި ކަމެވެ. ތަން މިނަށް ހުޅުވާލެވިގެން ކުރާ ވައްކަމާއި ކޮރަޕްޝަނެވެ. ސަރުކާރު ޒިންމާދާރު ކުރެވޭނެ ހަމައެއް ނެތް ކޮންމެ ތަނެއްގައި، ހުދުމުތާރު ވެރިއެއްގެ ކިބައިން ފެންނާނީ ސްޕަރ މެޖޯރިޓީގެ ބާރާއި އެކު، އިންތިހާއަށް ކޮރަޕްޝަންނާއި އަނިޔާވެރިކަން އާންމު ވާތަނެވެ.
މުއިއްޒުގެ ކިބާގައި ޚުލްގު ހެޔޮ، ތެދުވެރި ވެރިއެއްގެ ކިބާގައި ހުންނަ އެންމެ ސިފައެއްވެސް ނެތެވެ. ހުރީ ހުދުމުހުތާރު ވެރިއެއްގެ ސިފަތަކެވެ. ނަމަވެސް ޤައުމުގެ ބަޔަކު މީހުން ބޭނުންވީ އަޖުމަ ބަލާލަށް 5 އަހަރު މުއިއްޒަށް ދިނުމަށެވެ. ވެރިކަމާއި މެދު އެއްޗެކޭ ބުނަން އަދި މާ އަވަސް ކަމުގައި އެފަރާތްތަކުން ދެކުނެވެ.
މުއިއްޒުގެ ކިބާގައި ހުރި ހުދުމުހުތާރު ސިފަތަކުގެ ތެރޭގައި، މީޑިޔާގެ މިނިވަންކަން ނަގާލުމަށް، މިނިވަން މީޑިޔާތަކަށް ލިބެމުންދިޔަ ހުރިހާ ސްޕޮންސަރ ތަކެއް ކަނޑާލައި، މުއިއްޒުއާއި ދެކޮޅަށް ތެދު ޚަބަރު ފަތުރާ މިނިވަން މީޑިޔާތައް ބަންދު ކުރުމާއި، ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅުމަށް، ރައީސް އޮފީހުން އެސްއޯ ފުލުހުން ފޮނުވުމާއި، ވެރިކަން ކުރުމުގެ ބާރު ވަޒީފާއިން ދޭ ރިޝްވަތުގެ މައްޗަށް ބިނާ ކުރުމާއި، ވެރިކަމަށް އައުމަށް، ނަހަމަ ގޮތުގައި، ސިޓީ ކައުންސިލްގައި ހުރި ދައުލަތުގެ ފައިސާ އާއި ވަސީލަތްތައް ބޭނުން ކުރުމާއި، ރައްޔިތުންނަށް އެތައް ސަތޭކަ ދޮގެއް ތަކުރާރުކޮށް ހެދުމަކީ، އަނިޔާވެރި ޚުދުމުހުތާރު ވެރިއެއްގެ ސިފަތަކެވެ.
މި ސިފަތަކުން ޚުދުމުހުތާރުކަން ލިބިގެން ހުރި ވެރިއަކަށް، މަޖިލީސް ދިނުމަކީ، ކޯޓުތަކާއި، މިނިވަން މުއައްސަސާތަކުގެ އަޑު އެއްކޮށް ކެނޑޭނެ ކަމެކެވެ. އެފަދަ ޚުދުމުހުތާރު ކަމެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިން ނުފެނުމުން، އެއީ މުއިއްޒުގެ ކިބައިން ނުފެންނާނެ ކަމެއް ކަމަށް ޤަބޫލު ކުރުމަކީ ކުށް ހީއެކެވެ. މިވެރިކަމަށް ދިން ސުޕަރ މެޖޯރިޓީގެ ސަބަބުން ނުކުންނާނެ ހިތި ނަތީޖާއާއި، އަނިޔާގެ ރަހަ ޢަރުގައި ނުލާނެ ހަމަ އެންމެ ދިވެއްސަކުވެސް ނުހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ