އިސްރާއީލުގެ އަސްކަރީ އިންޓެލިޖެންސްގެ ވެރިޔާ މަޤާމުން އިސްތިއުފާ ދީފި

ހަމާސްއާއި އެކު ކުރަމުންދާ ހަނގުރާމައިގައި ލިބެމުންދާ ނާކާމިޔާބީއާއި އެކު އިސްރާއީލުގެ އަސްކަރީ އިންޓެލިޖެންސްގެ ވެރިޔާ، މޭޖަރ ޖެނެރަލް އަހަރޮން ހަލިވާ އިސްތިއުފާ ދީފިއެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި އޭނާ އިސްތިއުފާ ދީފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއާއި ގުޅިގެން އޭނާގެ މަސްއޫލިއްޔަތު އަދާ ނުކުރެވި ފެއިލްވެފައިވާތީއެވެ.
މިދޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި ޣައްޒާއަށް އިސްރާއީލުން ހަމަލާ ދެމުންދާއިރުވެސް އިސްރާއީލަށް ހަމާސްގެ މައްޗަށް އެކަށީގެންވާ ކާމިޔާބީއެއް ލިބެމުން ނުދާކަމަށް ޚުދު އިސްރާއީލުންވެސް ވަނީ އެއްބަސްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ