ސިވިލް ކޯޓު ހިންގުން ވަގުތީ ގޮތުން ގާޒީ ފަރުހާދު ރަޝީދަށް
ސިވިލް ކޯޓު ހިންގުން ވަގުތީ ގޮތުން ގާޒީ ފަރުހާދު ރަޝީދާ މިއަދު ހަވާލުކޮށްފިއެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އެގޮތަށް ނިންމީ، ސިވިލް ކޯޓުގެ އިސް ގާޒީ އަހްމަދު ނިމާލް ޖުނައިދު ކުއްލިގޮތަކަށް އަވަހާރަވުމުންނެވެ. އެނގިފައިވާގޮތުގައި ނިމާލް އަވަހާރަވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އެއީ އަންގާރަ ދުވަހުގެ މެންދަމު 12:00 ހާއިރު، ފަރިއްކުޅުއްވި ތަނާ ކުއްލި އަކަށް ތަދެއް އަރައިގެން ހާލުކޮޅު ދެރަވި ފަހުންނެވެ. ގއ. މާމެންދުއަށް ނިސްބަތްވެވަޑައިގަންނަވާ ނިމާލް އަވަހާރަވިއިރު އުމުރުފުޅަކީ 36 އަހަރެވެ. ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް ނިމާލް ހަމަޖައްސާފައި ވަނީ މިދިޔަ މެއި މަހުގެ ނުވަ ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ