މާލެއިން މަރުވެފައި އޮތް ފިރިހެނަކު ފެނި، އޭނާގެ ޕޯސްޓްމޯޓަމް ހަދަނީ
މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި މިއަދު ހެނދުނު ފެނުނު މީހެއްގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމައިފި އެވެ.ފުލުހުން ބުނިގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ މ. ތަރިވިލާގެ، ހުސެއިން އަހުމަދު ،41، އެވެ.އޭނާ މަރުވުމާ ގުޅިގެން މިއަދު ހެނދުނު 9:53 ހާއިރު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ