އިންޑިއާގެ ބޮޑު އެހީއެއް ރާއްޖޭގެ ދިފާއީ ދާއިރާއަށް

ދިވެހި ސަރުކާރުން އެދުމުން އިންޑިއާއިން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއަށް ހަތަރު މިލިއަން ރުފިޔާގެ ސާމާނު ހަދިޔާކޮށްފި އެވެ.އިންޑިއާ ސަރުކާރުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެއަށް ހަދިޔާ ކުރީ "ޑިފެންސް އިކުއިޕްމަންޓްސް" ކަމަށެވެ. އެ ގައުމުގެ ބައެއް ނޫސްތަކުން ބުނީ ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ވެހިކަލާއި ނެވިގޭޝަން އިކުއިޕްމަންޓްސް ހިމެނޭ ކަމަށެވެ.އިންޑިއާގެ ވިއޯން ނޫހުން ބުނީ، މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ، މި ސަރަހައްދީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކުރުމާއި، މައުލޫމާތު ބަދަލުކުރުމާއި، އަދި ތަމްރީނުގެ ޒަރިއްޔާއިން ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުން ކަމަށެވެ.މި މަޝްވަރާތަކުގެ ތެރެއިން، އިންޑިއާ ސަރުކާރުންވަނީ ރާއްޖޭގެ އެދުމުގެ މަތީން ހަތަރު މިލިއަން އެމެރިކާ ޑޮލަރަށްވުރެ އަގުހުރި ދިފާއީ އާލާތްތަކެއް އެމްއެންޑީއެފަށް ހަދިޔާކޮށްފައެވެ. މި އާލާތްތަކުގެ ތެރޭގައި ޔޫޓިލިޓީ ވެހިކަލްތަކާއި ބަނދަރުކުރުމަށް ބޭނުންވާ ތަކެތި ހިމެނެއެވެ.މި ބައްދަލު ކުރެއްވުމުގެ ތެރެއިން، އުތުރުތިލަފަޅު (ޔޫޓީއެފް)ގައި ތަރައްގީކުރާ ބަނދަރުގެ މަސައްކަތް އަވަސްކުރުމަށް ދެ މިނިސްޓަރުން ވެސް އެއްބަސްވިއެވެ.މިއީ ޑިފެންސް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން ފަހުން ޣައްސާން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މިދިޔަ ހަފްތާގައި ރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ އަބްދުﷲ ހަލީލު ވެސް އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ވަނީ ކުރައްވާފަ އެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އޭރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފެށުމާ އެކު ދެ ގައުމުގެ ގުޅުމަށް ވަރަށް ބޮޑު ހީނަރުކަމެއް އައެވެ. ނަމަވެސް ދެ ގައުމުން ޑިޕްލޮމަސީގެ އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މިހާރު ވަނީ ފައިބާފައި ކަމަށް ދެ ގައުމުގެ ސަރުކާރުން ބުނެ އެވެ. އަދި ރާއްޖެއާއި އިންޑިއާގެ ގުޅުން މިހާރު ވަނީ އަލުން ބަދަހިވާން ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ