ސިޓީ ކައުންސިލް 45،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ ކައުންސިލް ޖޫރިމަނާ ކުރީ ކުނި މެނޭޖުކުރުމާބެހޭ ގަވާއިދާ ހިލާފަށް އެ އިދާރާއިން ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުން ކަމަށެވެ.
މާލެ ސިޓީ ކައުންސިލް 45،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ ކައުންސިލް ޖޫރިމަނާ ކުރީ ކުނި މެނޭޖުކުރުމާބެހޭ ގަވާއިދާ ހިލާފަށް އެ އިދާރާއިން ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުން ކަމަށެވެ. އެގޮތުން މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް ކައުންސިލުން ގިނަ އަދަދަކަށް ކުނި އަޅާކަމުގެ ޝަކުވާ އެ އެޖެންސީއަށް ލިބުމާއި ގުޅިގެން އެ މައްސަލަ ބަލާފައިވާނެ ކަމަށާ ދެ އިދާރާ އާއި ދެމެދު ބަދަލު ކުރެވުނު ލިޔެކިޔުންތަކުން މާލޭގެ މަގުތަކަށް ގަވާއިދާ ހިލާފަށް ކުނި އަޅާފައި ހުންނަ ކަމުގެ ޝަކުވާ މާލެ ސިޓީ ކައުންސިލަށް ލިބުމުން، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން އެތަންތަނަށް ގޮސް ކުނި ނަގައި ސާފުކު ރަމުން ގެންދާކަމާއި އެފަދައިން ނަގާ ކުނި، ވެމްކޯގެ ސައިޓް ބަންދު ގަޑިތަކުގައި (ރޭގަނޑު) މާލެ ސިޓީ ކައުންސިލްގެ މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމުގައި ބަހައްޓާ، ހެނދުނު އެ ކުނިތައް އުކާލާކަން އެނގިފައިވާ ކަމަށެވެ."މި މައްސަލައަ ކީ ގިނަ އަދަދެއްގެ އާންމުން ވެސް މި އެޖެންސީއަށް ޝަކުވާ ހުށަހަޅާފައިވާ މައްސަލައެކެވެ. އަދި މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް ކުނިއަޅާފައިވާކަން އެކި ތާރީހް ތަކުގައި މި އެޖެންސީގެ މުވައްޒަފުން އެ ސަރަހައްދަށް ގޮސް ބަލާ ކަށަވަރު ކުރެވިފައިވެއެވެ،"އެ މައްސަލާގައި މާލެ ސިޓީ ކައުންސިލްގެ އިދާރާ 45,500 ޖޫރިމަނާކޮށް ޖޫރިމަނާގެ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް މާލެ ސިޓީ ކައުންސިލްގެ އިދާރާއަށް ވަނީ އަންގާފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ