ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (އޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ގާޒީ ސައީދު ސަސްޕެންޑު ކުރަން ނިންމީ ފެމިލީ ކޯޓުގައި ހުންނެވި އިރު ގާނޫނާ ހިލާފަށް ކައިވެންޏެއް ކޮށްދިިނުމަށް މަގުފަހިވާގޮތަށް އަމަލު ކުރެއްވިކަން ސާބިތުވެފައިވާތީ ކަމަށެވެ. އެކަން ހިނގީ 2018 ވަނަ އަހަރު އެވެ.
އެ އަހަރު އޭނާ ފެމިލީ ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އިރު، އެ ކޯޓުގެ މުވައްޒަފަކު ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކުރިވި ކަމަށެވެ. ޖޭއެސްސީއިން މިއަދު ބުނި ގޮތުގައި، ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ އުސޫލުގެ މަތީން އިންތިޒާމްތައް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް ފެމިލީ ކޯޓުގެ އިސް ގާޒީގެ ހައިސިއްޔަތުން، ހަސަން ސައީދު އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާއަށް އޭރު ލަފާދެއްވާފައިވާ ކަމަށެވެ.
އެކަމަކު، ފެމިލީ ކޯޓަށް ހުށަހަޅާ ކައިވެނިތައް ކޮށްދިނުމާ މެދު ގޮތް ނިންމުމުގެ ގާނޫނީ ހައިސިއްޔަތު އޮންނަ ފަރާތަކީ އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ ކަމަށް ވާއިރު، ހަސަން ސައީދު ދެއްވި ލަފާގެ ސަބަބުން ގާނޫނާ ގަވާއިދާއި ފެމެލީ ކޯޓުގައި އަމަލުކުރާ އުސޫލުތަކާ ހިލާފަށް ކައިވެންޏެއް ކޮށްދިނުމަށް މަގުފަހިވެފައިވާކަން ސާބިތުވާ ކަމަށެވެ.
ގާޒީއަށް ފިޔަވަޅު އެޅީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 ވަނަ ނަންބަރާއި، 1.7 ވަނަ ނަންބަރާއި، 2.1 ވަނަ ނަންބަރާއި، އަދި 3.1 ވަނަ ނަންބަރާއި ހަވާލާދީ އެވެ.
އިއްޔެ ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑު ކުރަން ނިންމީ އޭނާއަށް މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށެވެ. އޭނާގެ ސަސްޕެންޝަން ފެށިފައިވަނީ މިއަދު އެވެ.
Your email address will not be published. Required fields are marked *
ހިޔާލު * document.getElementById("comment").setAttribute( "id", "aa6137e7185093d10c60f9d514552409" );document.getElementById("bb7c1a6aaf").setAttribute( "id", "comment" );
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male’ Maldives© Copyright 2020, Dhuvas.mv, All Rights Reserved
މުސާރައާ އިނާޔަތްތައް ލިބޭގޮތަށް ގާޒީ ސައީދު 14 ދުވަހަށް ސަސްޕެންޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ