އެ މައްސަލާގައި ބޯޓްގައި ތިބި ލަންކާގެ ފަސް މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މީހުންގެ ފޮޓޯއާ ވަނަވަރު ވެސް ވަނީ އާންމު ކޮށްފަ އެވެ.
ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެގެން އުޅެނިކޮށް ކޯސްޓު ގާޑުން އަތުލައިގަތް ލަންކާ މަސްބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ހަައްޔަރު ކުރި ލަންކާ މީހުންގެ މަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ދީފި އެވެ.
އެ މައްސަލާގައި ބޯޓްގައި ތިބި ލަންކާގެ ފަސް މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މީހުންގެ ފޮޓޯއާ ވަނަވަރު ވެސް ވަނީ އާންމު ކޮށްފަ އެވެ.ފުލުހުން ބުނީ އެ މީހުންގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކަސްޓޯޑިއަލް ޖަލެެއްގައި 30 ދުވަހަށަ ބަންދު ކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވި ގޮތުގައި މި މަސްބޯޓު އެމްއެންޑީއެފްއިން އަތުލައިގަތީ މި މަހުގެ 23 ވަަނަ ދުވަހުގެ ރޭ ދަންވަރު އެވެ. އެ ބޯޓު އަތުލައިގަތުމަށްފަހު ގެންދިޔައީ ކުޅުދުއްފުއްޓަށެވެ. ބޯޓުގައި ފަސް ފަޅުވެރިން ތިބިކަމަށާއި، އެ އެންމެންނަކީވެސް ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނުން ކަމަށް އޭނާ ވިދާޅުވި އެވެ. ސީޕީ އިތުރަށް ވިދާޅުވި ގޮތުގައި އަނެއް ދުވަހު ހެނދުނު 9:30 ގައި ކުޅުދުއްފުށީ ސިޓީ ފުލުހުން ކޯސްޓުގާޑުގެ ފުލުހުންނާއެކު އެ އުޅަނދު ބަލައިފާސްކުރުމުން 468 ކިލޯގެ މަސްތުވާތަކެތި އެ ބޯޓު ތެރެއިން ފެނުނު ކަމަށެވެ. އެ ތަކެތި ޓެސްޓުކޮށް ބެލުމުން އޭގެ ތެރޭގައި އެކި ބާވަތުގެ މަސްތުވާތަކެތި ހިމެނޭކަންވަނީ އެނގިފަ އެވެ. އެގޮތުން އޭގެ ތެރޭގައި 340 ކިލޯގެ މެތާއި، 124.6 ކިލޯގެ ކޮކެއިން ފެނިފައިވާކަމަށް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި އެވެ. މިތަކެތީގެ ވަގުތީ މަގުމަތީ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާކަމަށް ޝުޖާ ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޑްރަގް އުފުލި ބޯޓްގައި ތިބި ލަންކާ މީހުން އެއް މަހަށް ބަންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ