ދިރާގު ޕްރިޕެއިޑް ކަސްޓަމަރުން ދިރާގު ޑިޖިޓަލް ޗެނަލެއް މެދުވެރިކޮށް ރީލޯޑުކޮށްގެން 15 ޕަސަންޓާ ހަމައަށް ބޯނަސް ކްރެޑިޓް މުޅިން ހިލޭ ލިބޭ އޮފައެއް ތައާރަފްކޮށްފި އެވެ.
އެ އޮފާގެ ދަށުން ދިރާގު އެޕް، މައި އެކައުންޓް ނުވަތަ ދިރާގު ވެބްސައިޓު މެދުވެރިކޮށް 100ރ. ، 200ރ. އަދި 500ރ. ރިލޯޑުކުރާ ކަސްޓަމަރުންނަށް ބޯނަސް ކްރެޑިޓް މުޅިން ހިލޭ ލިބޭނެ އެވެ.
• 100ރ. ރިލޯޑްކޮށްގެން 10 ޕަސަންޓްގެ ބޯނަސް ކްރެޑިޓާއެކު ޖުމްލް 100ރ.
• 200ރ. ރިލޯޑްކޮށްގެން 13 ޕަސަންޓްގެ ބޯނަސް ކްރެޑިޓާއެކު ޖުމްލް 225ރ.
• 500ރ. ރިލޯޑްކޮށްގެން 15 ޕަސަންޓްގެ ބޯނަސް ކްރެޑިޓާއެކު ޖުމްލް 575ރ.
ދިރާގުން ބުނީ ލިމިޓެޑް ޓައިމް އެ އޮފައަކީ ޗެޓްކުރުމަށް، ބްރައުސްކުރުމަށް ނުވަތަ ސްޓްރީމްކުރުން ފަދަ ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ލިބޭ ވަރަށް އަގުހުރި އޮފާއެކެވެ.
ކޮންމެ ތަނެއްގައި، ކޮންމެ ވަގުތެއްގައި ވެސް ޑިޖިޓަލީ އެ އޮފާ އެކްޓިވޭޓްކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ތަފާތު ގިނަ ޕްރޮމޯޝަންތައް އަބަދުވެސް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފަތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނަށް ދެ އެވެ.
ދިރާގު އެޕުން ރީލޯޑުކޮށްގެން 15 ޕަސަންޓާ ހަމައަށް ބޯނަސް ކްރެޑިޓް މުޅިން ހިލޭ ދިރާގު އެޕުން ރީލޯޑުކޮށްގެން 15 ޕަސަންޓާ ހަމައަށް ބޯނަސް ކްރެޑިޓް މުޅިން ހިލޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ