ވޯޓުން ރައްޔިތުން ދެއްވީ ބޮޑު މެސެޖެއް، ގާނޫނު އަސާސީ ބަދަލުކޮށްގެން ގެންނަން ޖެހޭ އިސްލާހެއް ހުށަހެޅުމުގެ ވިސްނުމެއް ނެތް!

ގާނޫނު އަސާސީ ބަދަލުކޮށްގެން އިސްލާހު ގެނައުމުގެ ވިސްނުންފުޅު މިހާރު ނުގެންގުޅުއްވާކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި. އެވެ.
އެގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ގާނޫނު އަސާސީގެ ބައެއް މާއްދާތަކަށް ގެންނަން ޖެހޭ ބަދަލުތައް ކުރިންވެސް ނިންމަވާފައިވާ ގޮތަށް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރިޔަށް ގެންދާނެ ކަމަށެވެ. ނަމަވެސް މިމަހުގެ 4 ވަނަ ދުވަހު ނެގި ހިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓުން ރައްޔިތުން ދެއްވީ ބޮޑު މެސެޖެއް ކަމަށާއި ގާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ރައްޔިތުން އެހާ ގަޔާވާ ކަމެއް ނޫންކަމުގައި ރައީސް ވިދާޅުވިއެވެ.
މިއާއިއެކު ކުރިޔަށް އޮތް ތަނުގައި ސީދާ ގާނޫނު އަސާސީ ބަދަލުކޮށްގެން އިސްލާހީ ގެނައުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާކަމުގައި ރައީސް ފާހަގަކުރެއްވި އެވެ
އިތުރު ތަފްސީލް އަންނަނީ ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ