ގުޅިގެން މާލީ ކުށްތައް ތަހުގީގުކުރަން ފުލުހުންނާއި އެމްއެމްއޭގެ އެފްއައިޔޫން މަޝްވަރާކޮށްފި

ގުޅިގެން ފައިނޭންޝަލް ކުށްތައް ތަހުގީގުކޮށް، މައުލޫމާތު ބަދަލުކުރުން ހަރުދަނާކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާ އެކު ފުލުހުން މަޝްވަރާކޮށްފިއެވެ. އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ މުޙައްމަދު އިޝާން ވަނީ އިއްޔެ ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. ފުލުހުން ބުނީ، އިއްޔެ އެފްއައިޔޫގެ ވެރިޔާ ކުރެއްވި ޒިޔާރަތަކީ، އަލަށް އައްޔަންކުރި ކޮމިޝަނާ އޮފް ޕޮލިހާ ބައްދަލުކުރައްވައި ތައާރަފުވުމުގެ ގޮތުން ކުރެއްވި ޒިޔާރަތެއް ކަމަށެވެ. އަދި، އެ ބައްދަލުވުން އަމާޒުކުރެވުނީ ދެ މުއައްސަސާގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. https://x.com/PoliceMv/status/2046849881588027492 ފުލުހުން ބުނީ، އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ފައިނޭންޝަލް ކުށްތައް ދެނެގަނެ ތަހުގީގު ކުރުމުގައި ގުޅިގެން މަސައްކަތްކުރުމާއި، ދެ މުއައްސަސާއާ ދެމެދު މައުލޫމަތު ބަދަލުކުރުން އިތުރަށް ހަރުދަނާކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އެ ބައްދަލުވުމުގައި ބަދަލުވަމުން އަންނަ ކުށުގެ މާހައުލާ ގުޅިގެން، ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ޚާއްސަކޮށް މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ދާއިރާތަކުގައި، ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަން ސީޕީ އަޙްމަދު މުޙައްމަދު ފާހަގަކުރެއްވިކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ