ރައީސް މުއިއްޒު ސަރުކާރުން މުޅި ގައުމަށް ނިސްބަތްކޮށް އޮބި ނޯންނަވަރުގެ ވައުދުތައް ވެފައިވެއެވެ. ވަކިވަކި ސަރަހައްދު ތަކަށް ފިއްކަނޑައިގެން ދާވަރުގެ ވައުދުތައް ވިއެވެ. އަތޮޅުތަކާއި ސިޓީތަކާއި ރަށްރަށަށް ވެސް އެތައް ވައުދެއް ވެފައިވެއެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް ވައުދު ފަށްފަށް ކުރަމުން އައުވައުދުވެއެވެ.
ފުވައްމުލަކު ސިޓީ ވެސް އެކަމުން ހުސްވެގެން ނުވެއެވެ. ފުވައްމުލަކަށް ކޮށްދޭން ވައުދުވެފައިވާ ކަންކަމުގެ ވައުދު ލިސްޓުން ހަބަރެއް ހިލަމެއް ނުވެ ދެއަހަރު ވެގެން ދިޔަ ކަންކަމުގެ ހަނދާން އައުކޮށްލަމާހެއްޔެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އަނެއްކާވެސް ވައުދު އައުކުރަން ދެން ނުހަދާށެވެ، ވެރިކަމާއި މަޖިލސް މުއިއްޒަށް ދީގެން ރައްޔިތުން ބިކާރީވުން ނޫނީ ވީކަމެއް ނެތެވެ. ކައުންސިލް ދިނަސް އެނޫން ވަރެއް ނުވާނެއެވެ. ސަރުކާރަށް ކައުންސިލް ދިނުމަކީ ރައްޔިތުންނަށް ހެދޭނެ އެންމެ ބޮޑު ގޯހެވެ.
ފުވައްމުލަކު ވައުދުނާމާ: ކޮށްދެވުނު ކަމެއް ހަރާމުން ހަރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ