އޯޕަން ގަވަރމަންޓް ޕާޓްނަޝިޕްގެ މެންބަރަކަށް ރާއްޖެ

އޯޕަން ގަވަރމަންޓް ޕާޓްނަޝިޕްގެ މެންބަރަކަށް ދިވެހިރާއްޖެ ވެއްޖެކަމަށާއި މިއީ ހެޔޮ ވެރިކަމެއް ކުރުމަށް ހިތްވަރުދޭ މާހައުލެއް ބިނާކުރުމަށް އެހީތެރިވެދޭނެ ކަމެއްކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އޯޕީޖީ އޭޝިއާ އަދި ޕެސިފިކް ރީޖަނަލް ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު ވަނީ ފިލިޕީންސްގެ އެކި ޑިޕާޓްމަންތްތަކުގެ އިސްވެރިންނާއި އެހެނިހެން ޤައުމުތަކުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. އަދި ޔޫއެންޑީޕީގެ އިސްވެރިންނާ ބައްދަލުކުރައްވާ ރާއްޖޭގައި ކުރިއަށްގެންދެވޭނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
އޯޕަން ގަވަރމަންޓް ޕާޓްނަރޝިޕް ބައްދަލުވުން ކުރިއަށްދިޔައީ މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށެވެ. މި ބައްދަލުވުމުގައި އެކި ގައުމުތަކުގެ ސަރުކާރުތަކުގެ ވެރިންނާއި އިޖުތިމާޢީ ޖަމްޢިއްޔާތަކުގެ ވެރިންނާއި ސިޔާސަތުތައް ކަނޑައަޅާ ބޭފުޅުންނާއި ބައިނަލްއަޤްވާމީ އެކި ޖަމްޢިއްޔާތަކާއި ސްޓޭކް ހޯލްޑަރުން ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ