ވީޑިއޯ ކްލަބްގައި "ހިންތާ" ސީރީޒްއަށް ބޮޑު ތަރުހީބެއް ވީޑިއޯ ކްލަބްގައި "ހިންތާ" ސީރީޒްއަށް ބޮޑު ތަރުހީބެއް

"ހިންތާ" ދިވެހި ސީރީޒްއަކީ މިހާރު މީޑިއާނެޓްގެ ވީޑިއޯކްލަބް ހިދުމަތުގެ ޓްރެންޑިންގެ އެއްވަނައިގައި ފިޔަޖަހަމުންދާ ސީރީޒް އެވެ. މިހާތަނަށް އެ ސީރީޒްގެ ހަތް އެޕިސޯޑެއް ބެލުންތެރިންނާ ހަމައަށް ދޫކޮށްލާފައިވާއިރު، ގިނަ ބަޔަކުވަނީ ވީޑިއޯކްލަބް މެދުވެރިކޮށް އެ އެޕިސޯޑުތައް ބަލައިފަ އެވެ.
އެމް އޮރިޖިނަލްސް ބޭނާގެ ދަށުން ތައްޔާރުކޮށްފައިވާ ހިންތާ ސީރީޒްއަކީ "އެއްކާފް" ގެ ޕްރޮޑަކްޝަނެކެވެ. އެ ސީރީޒް މަޝްހޫރު އެކްޓަރު ރަވީ ފާރޫގު ޑައިރެކްޓު ކުރިއިރު، ސްކްރީންޕްލޭ ހެދީ އަހްމަދު ޒަރީރެވެ.
ދިވެހިންނަށް އާންމު ފިލްމާއި ސީރީޒް ޖޮންރާތަކާއި މުޅިން ތަފާތު "ކޯޕަރޭޓް ތްރިލާ" ޖޮންރާގެ ހިންތާ ސީރީޒް އިން ފިލްމީ ދާއިރާގައި ވިދަމުން އަންނަ ތަރި ރާއީގެ އިތުރުން ލީޑް ރޯލުން ސާމީ ހުސެއިން ވެސް ފެނެ އެވެ. މިއީ ސާމީ ލީޑު ރޯލަކުން ފެނުނު ފުރަތަމަ ފަހަރެވެ. އޭނާގެ އެކްޓިންއަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންކަން ފާހަގަކުރެވެ އެވެ.
އެ ދެ ތަރިންގެ އިތުރުން ފިލްމީ ދާއިރާގައި މަޝްހޫރު ނަންތައް ކަމަށްވާ ހަސަން މަނިކު، މުހައްމަދު މަނިކު، އިފްނާޒް ފިރާގް، ރަޝްފާ ފާރޫގް އަދި ތާތި އާދަމް ވެސް އެ ސީރީޒުގެ އެކި ރޯލުތަކުން ފެނިގެންދެ އެވެ.
މީޑިއާނެޓުގެ ކަސްޓަމަރުންނަށް އެމްޓީވީ ސާވިސް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެ ޓީވީ އަދި ފޯނު މެދުވެރިކޮށް މި ސީރީޒްގެ އެޕިސޯޑުތައް ބަލައިލެވޭނެ އެވެ.
މީގެއިތުރުން އެމް އެސް ގްލޯބަލްއާއި އެމް އެސް ޑީޖިޓަލް ގްލޯބަލް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންނަށް ވެސް ހިންތާ ސީރީޒް ބަލައިލެވޭނެ އެވެ.
ޓީވީ މެދުވެރިކޮށް އެ ސީރީޒް ބަލައިލުމަށް ވީޑިއޯކްލަބްގެ ޓީވީ ޕެކޭޖެއް އެންމެ 100ރ. އަށް ގަތުމުން ބަލައިލެވޭނެ އެވެ. އަދި ފޯނު މެދުވެރިކޮށް އެންމެ 50ރ. ގެ ޕެކޭޖަކުން ވެސް އެ ސީރީޒް ބަލައިލެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ