ރެސިޕީ: ފަލޫދާ

ރޯދަމަހު ރޯދަ ވީއްލާ ގަޑީގައި ބޯލަން މިއީ ވަރަށް މީރު ބުއިމެކެވެ.
ބޭނުންވާ ތަކެތި:
½ ޖޯޑު ގެރިކިރު½ ޖޯޑު ރޯޒް ސިރަޕް½ ސަމުސާ ވެނީލާ އެސެންސް2 ޖޯޑު ފެން2 މޭޒުމަތީ ސަމުސާ އިސްބަގުލޫ (ފޯކޮށްފަ)10 މޭޒުމަތީ ސަމުސާ ހަލުވިދާ (ކުދިކުދިކޮށް ކޮށާފަ)
ތައްޔާރުކުރާނެ ގޮތް:
ގެރިކިރާއި ފެނާއި ރޯޒް ސިރަޕާއި ވެނީލާ އެސެންސްކޮޅު އެއްކޮށްލުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ދެން އޭގެތެރެއަށް އިސްބަގުލޫ، ހަލުވިދާއަޅާ އެއްކޮށްލާށެވެ. ދެން ބުއިމުގެ ކުރިން 2 ގަޑިއިރު ވަންދެން ފިނިކޮށްލުމަށް ފްރިޖްގައި ބައިދަންވާނެއެވެ. ސްޓޯބެރީ ނުވަތަ ވެނީލާ އައިސް ކްރީމާއެކު ބޯލަން ފަލޫދާ ވަރަށް މީރުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ