ޕީޕީއެމްގެ ތަރުޖަމާނަކަށް ކެލާ ދާއިރާގެ މެންބަރު ޢަލީ އާރިފް ހަމަޖައްސައިފި
ވެރިކަން ކުރަމުންދާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ތަރުޖަމާނަކަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފު ހަމަޖައްސައިފި އެވެ.ޕީޕީއެމްގެ ތަރުޖަމާނަކަށް އަލީ އާރިފު އައްޔަން ކޮށްފައި ވަނީ ރޭ ބޭއްވި ޕީޕީއެމް ކައުންސިލުގެ ބައްދަލުވުމުން އެގޮތަށް ނިންމުމުންނެވެ.މިކަން ކަށަވަރު ކޮށްދެމުން ޕީޕީއެމުން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމަށްފަހު އެ ޕާޓީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ތަރުޖަމާނުގެ މަޤާމަށް އަލީ އާރިފު ހަމަޖައްސާފައި ވާކަމަށެވެ.The Council has appointed Hon. @Ali__Arif as the Spokesperson of PPM.— PPM Official (@ppm_official) December 19, 2014މީގެ އިތުރުން އާރިފް އެ މަޤާމަށް އައްޔަނު ކުރުމާއި އެކު ޕީޕީއެމްގެ ރައީސް މައުމޫންވެސް ވަނީ އާރިފަށް މަރުޙަބާ ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.Congratulations Hon @Ali__Arif on being elected Chief Spokesperson of PPM! Good luck!— Maumoon Abdul Gayoom (@maumoonagayoom) December 19, 2014މަޢުލޫމާތު ލިބިފައިވާ ގޮތުން އާރިފް އެމަގާމަށް ހަމަޖެއްސެވީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިގެންނެވެ.ޕީޕީއެމްގެ ތަރުޖަމާނަކަށް އެންމެ ފަހުން ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފު ޕީޕީއެމްގެ ތަރުޖަމާނު ކަމުން މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހު އެވެ.ތަރުޖަމާނު ކަމުން އިސްތިއުފާ ދެއްވި ފަހުން ޕާޓީގެ ޙަރަކާތްތަކުންވެސް މަޚްލޫފު ފެންނަލެއް މަދުކަން އެ ޕާޓީގެ މެންބަރުންވެސް ފާހަގަ ކުރާއިރު، މަޖިލީހުގެ ރައީސަކު ހޮވުމުގެ މައްސަލާގައި ޤާޞިމަށް ތާއީދުކުރައްވައި އޭނާ ވާހަކަ ދެއްކެވުމުން މަޚުލޫފާއި ޖުމްހޫރީ ޕާޓީ އާއި ގުޅުވައިގެން ބައެއް އަޑުތައްވެސް އަރާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ