އެމްބީސީ މަޖިލީސް ބަހުސްއަށް ގާސިމް އިބްރާހިމް ވަޑައިނުގަންނަވާ!

އެމްބީސީއިން އިންތިޒާމު ކޮށްގެން ބާއްވާ މަޖިލީސް ބަހުސްގެ މާމިގިލީ ދާއިރާގެ ބަހުސްއަށް އެ ދާއިރާއަށް ކުރިމަތި ލެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް މިރޭ ވަޑައިނުގެންނެވި އެވެ.
މި ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ބަހުސް މިރޭ 21:30 ގައި ބޭއްވިއިރު، މި ބަހުސް އަށް ވަޑައިގަތީ އެމްޑީޕީއިން ކުރިމަތިލެއްވި ކެންޑިޑޭޓް މުހައްމަދު ހަމްދާން އެކަންޏެވެ.
މި ދާއިރާއަށް ކުރިމަތިލައްވަނީ އެމްޑީޕީގެ މުހައްމަދު ހަމްދާންގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ފަރާތުން ޤާސިމް އިބްރާހިމްއާއި، އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓް އަހްމަދު މުހައްމަދެވެ.
ޤާސިމް އިބްރާހިމްއަކީ، މަޖިލީހުގައި މިހާރު ހިނގަމުންދާ ދައުރުގައިވެސް މާމިނގިލީ ދާއިރާގެ ގޮނޑި ފުރުއްވަމުން އަންނަ ބޭފުޅެކެވެ. އަދި، މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މުޤައްރިރު ކަން ވެސް ކުރެއްވި އެވެ.
މީގެ އިތުރުން، ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރ ކަމާއި، ރައީސް ނަޝީދުގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރ ކަން ވެސް ކުރެއްވީ ޤާސިމް އިބްރާހީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ