ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހުން ނިންމުމާއި ގުޅިގެން އެމްޑީޕީން މިއަދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ގެންގޮސްފި އެވެ.
އެކަމާ ގުޅިގެން މިރޭ 8:30 އަށް ޝެޑިއުލް ކޮށްފައި އޮތް އަޑުއެހުން ވެސް މިހާރު ވަނީ ކެންސަލްކޮށްފައި އެވެ.
އެ މައްސަލަ ކެންސަލް ކުރަމުން، ސިވިލް ކޯޓުން ބުނެފައި ވަނީ އެ އަޑުއެހުން ކެންސަލް ކުރީ ފަނޑިޔާރުން ވަކި ކުރުމާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ އެއްވެސް މައްސަލައެއް ކުރިއަށް ނުގެންދިޔުމަށާއި އެކަމާ ގުޅޭ ގޮތުން ފިޔަވަޅެއް ނޭޅުމަށް އަންގާ ސުޕްރީމް ކޯޓުން ލިޔުމެއް ފޮނުވާފައިވާތީ ކަމަށެވެ. އަދި އެ މައްސަލައިގެ ހުރިހާ ލިޔުންތަކެއް މިރޭ 8:45 ގެ ކުރިން ސުޕްރީމް ކޯޓާ ހަަވާލު ކުރުމަށް ސިވިލް ކޯޓަށް ސުޕްރީމް ކޯޓުން އަންގާފައިވާ ކަމަށްވެސް ސިވިލް ކޯޓުން ބުނެ އެވެ.
އެމައްސަލާގައި ކޯޓުން ވަކިގޮތެއް ނިންމަންދެން މަޖިލީހުންނާއި ޖޭއެސްސީން ނިންމާފައިވާ ނިންމުމަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ އެދިފައި އެވެ.
ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރަންޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ގާނޫނީ ވަކީލުންތަކެއް ވަނީ ހައި ކޯޓަށް ވެސް މައްސަލަ ހުށަހަޅާފައި އެވެ.
ދެ ފަނޑިޔާރުން ވަކިކުރަން ނިންމުމުން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަށް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ