ކަރަންޓު ކެނޑުމުގެ މައްސަލައަކީ މިހާރު ވެސް ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ތަހައްމަލުކުރަންޖެހޭ ބޮޑު ތަކްލީފެކެވެ. އެހެންކަމުން މަދުންނަމަވެސް ބައެއް ފަރާތްތަކުން ޗުއްޓީއަށް ގޮސް އަންނަ އިރު ފްރިޖުގައި ހުރި ތަކެތީގެ ތާޒާކަމާ މެދު ޝައްކު އުފެދޭ ގޮތް މެދުވެރިވެ އެވެ. ސަބަބަކީ ޗުއްޓީގައި ހުއްޓާ ގެއިން ކަރަންޓު ދިޔަ ކަމެއް ނުވަތަ ނޫންކަމެއް ނޭނގޭތީ އެވެ. މިފަދަ ހާލަތްތަކުގައި ފްރިޖުގައި ހުރި ތަކެތީގެ ތާޒާކަން ދެނެގަތުމަށް މޮޅު އުކުޅެއް އެބަ އޮތެވެ.
މިއުކުޅު ބިނާވެފައި އޮތީ އާންމު ގޮތެއްގައި ގޭތެރެއިން ލިބެން ހުންނާނެ ތިން އެއްޗަކަށެވެ. އެއީ ލާރި ފޮއްޗަކާއި ޖޯޑަކާއި ފެނެވެ.
ޖޯޑަށް ފެން ފޮދެއް އެޅުމަށްފަހު އެފެން ފޮދު ގަނޑުކޮށްލާށެވެ. އެއަށްފަހު ޖޯޑުތެރެއަށް ލާރި ފޮއްޗެއް ލާށެވެ. މިޖޯޑު ބޭނުންކޮށްގެން ފްރިޖުގައި ހުންނަ ކާބޯތަކެތީގެ ތާޒާކަން ދެނެގަނެވޭނެ އެވެ. އެގޮތުން ޖޯޑުގައި އޮތް ލާރި ފޮތި ޖޯޑުގެ ފުލަށް ވެއްޓިފައިވާނަމަ އޭގެ މާނައަކީ ފްރިޖުގައި ހުރި ހުރިހާ އެއްޗެއް ވަނީ ގަނޑު ފިލައި ނުބައިވެފަ އެވެ. ނަމަވެސް ލާރިފޮތި އޮތީ ޖޯޑުގެ މަތީގައި ނުވަތަ މެދުތެރޭގައި ނަމަ ފްރިޖުގައި ހުރި ތަކެތި ތާޒާކަމާއެކު ހުރުމުގެ ފުރުސަތު އިތުރުވާނެ އެވެ.
މިއީ ހަމައެކަނި ގިނަގިނައިން ކަރަންޓުދާ ނަަމަ ބޭނުންކުރުމަށް އޮތް އުކުޅެއް ނޫނެވެ. ބައެއް ފަހަރަށް ފްރިޖުތަކަށް މައްސަލަޖެހި އެއިން ކަރަންޓު ކެނޑޭ ފަހަރު ވެސް އާދެ އެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި ވެސް ފަސޭހައިން ކާބޯތަކެތީގެ ތާޒާކަން ދެނެގަތުމަށް މިއުކުޅުގެ ބޭނުން ހިފާލެވޭނެ އެވެ. އެހެންނަމަވެސް އެއްވެސް ވަރަކަށް ކާބޯތަކެތީގެ ތާޒާކަމާމެދު ސުވާލު އުފެދިއްޖެނަމަ ބޭނުން ނުކޮށް އުކާލުމަކީ އެންމެ ރައްކާތެރި ގޮތެވެ.
ފްރިޖުން ކަރަންޓް ކެނޑުނުކަން ޔަގީންކުރުމަށް މިއުކުޅު ބޭނުންކޮށްލަމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ