ކުރީގެ މެންބަރު އީސަ ކެނދިކުޅުދޫ ދާއިރާގެ ޓިކެޓު ކަށަވަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅަން މިއަދު ބޭއްވި އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ކެނދިކުޅުދޫ ދާއިރާގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފިއެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން، ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ކަށަވަރު ކުރީ މީގެ ކުރިން ވެސް އެ ދާއިރާގެ މެންބަރު ކަން ކުރެއްވި އަހުމަދު އީސައެވެ. އީސައަށް ލިބިވަޑައިގަތީ 579 ވޯޓެވެ.
ދެން އެ ދާއިރާއަށް ވާދަކުރެއްވި އަހުމަދު ޝިފާނަށް 13 ވޯޓު ލިބިވަޑައިގަތްއިރު، ވާސިފު އަހުމަދު ލިބިވަޑައިގަތީ ތިން ވޯޓެވެ.
މިއީ މިއަދު ބޭއްވި ޕްރައިމަރީގައި ޓިކެޓު ކަށަވަރު ކުރި ފުރަތަމަ ކެންޑިޑޭޓެވެ. އެހެން ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާތައް ދަނީ އިއުލާން ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ