މުޅި މާލެއަށް ކަރަންޓު ދެވޭނީ ގަޑިއިރެއްހާއިރު ތެރޭ: ސްޓެލްކޯ

މުޅި މާލެއިން ކަރަންޓު ކެޑިފައިވާއިރު އަނބުރާ މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓުދެވޭނީ ގަޑިއިރެއްހާއިރު ތެރޭގައި ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ބުނި ގޮތުގައި މާލެއިން ކަރަންޓު ކެޑިގެން ދިޔައީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލަ ހައްލުކޮށް މާލޭގެ %80 ގެއަށް ކަރަންޓު އަނބުރައި ލިބޭނެ ގޮތް ހެދި ނަމަވެސް، އަލުން މައްސަލައެއް މެދުވެރިވެ، އަލުން ކަރަންޓު ކެނޑިފައިވާ ކަމުގައި ސްޓެލްކޯއިން ބުނެފައިވެއެވެ. ކަރަންޓު އަނބުރާ އިއާދަކޮށްފައިވަނިކޮށް ކަރަންޓު ކެނޑިގެން ދިޔައީ، ޑިސްޓްރިބިއުޝަން ނެޓުވޯކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމުގައިވެސް ސްޓެލްކޯއިން ބުނެފައިވެއެވެ. ސްޓެލްކޯއިން ބުނެފައިވަނީ ޑިސްޓްރިބިއުޝަން ނެޓުވޯކަށް މެދުވެރިވެފައިވާ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެއް ގަޑިއިރުތެރޭގައި މުޅި މާލެއަަށް ކަރަންޓު އަނބުރާ ދެވޭނެ ކަމުގައި ލަފާކުރާ ކަމުގައިވެސް އެ ކުންފުނިން ބުންޏެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކަށް އެ ކުންފުނިންވަނީ މަޢާފަށް އެދިފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ