ހއ. ހޯރަފުށީގައި ސަރުކާރުން ގާއިމްކުރަމުން އަންނަ އެއާޕޯޓަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދޭނެ ނިޒާމް ގާއިމްކޮށް އެ ނިޒާމުން ކަރަންޓު ފޯރުކޮށްދޭން ފަށައިފިއެވެ.
އެރަށުގެ އެއާޕޯޓަށް ކަރަންޓު ފޯރުކޮށްދިނުމުގެ ނިޒާމް ގާއިމްކުރީ ފެނަކައިންނެވެ. އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ކަރަންޓު ފޯރުކޮށްދޭން ފަށާފައިވަނީ އިއްޔެއެވެ. މި ޚިދުމަތް ފޯރުކޮށްދިނުން ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ބައިވެރިވަވަޑައިގެންނެވިއެވެ.
އެއާޕޯޓަށް ކަރަންޓު ދިނުމުގެ ނިޒާމް ގާއިމްކޮށް ކަރަންޓު ދީފައިވާއިރު އެއާޕޯޓްގެ މަސައްކަތް ކުރަމުން އަންނަ އެމްްޓީސީސީއިން ވަނީ މުޅި އެއާޕޯޓްގެ މަސައްކަތް ނޮވެމްބަރު 11 އަށް ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އެގޮތުން މަސައްކަތް ނިންމާލުމަށް އެ ކުންފުނިން އަންނަނީ މެދުނުކެނޑި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެއާޕޯޓްގެ ފަސިންޖަރުންގެ ޓާމިނަލްގެ މަސައްކަތް ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ. ޓާމިނަލްގެ އަގު 13.8 މިލިއަން ރުފިޔާއަށް އަރާއިރު އެއާޕޯޓްގެ ރަންވޭ، ޓެކްސީވޭ އަދި އޭޕްރަން ތަރައްގީ ކުރުމަށް 198 މިލިއަން ރުފިޔާ ޚަރަދުވެއެވެ.
ހޯރަފުށީ އެއާޕޯޓްގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހު ފައްޓަވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ.
ހޯރަފުށީ އެއާޕޯޓަށް ކަރަންޓު ފޯރުކޮށްދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ