އަލީ ވަހީދު ހުރީ ގާސިމް އިބްރާހިމުގެ ވިޔަފާރީގެ ތެރޭގައި ނަގޫ ފިތިފައި: ނަޝީދު

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ހުންނެވީ މަޝްހޫރު ވިަފާރިވެރިޔާ ގާސިމް އިބްރާހިމުގެ ވިޔަފާރީގެ ތެރޭގައި ނަގޫ ފިތިފައި ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސްގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.ލ.އަތޮޅުގެ ރަށްތަކަަށް ޕިޕީއެމް ޕީއެންސީ ލީޑަރޝިދުން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ފޮނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ކުރީ ލީޑަރު ނަޝީދު ވިދާޅުވީ، އެޖެންޑަ 19ގެ ދަށުން ރިސޯޓު މުވައްޒަފުންގެ ހައްގުތައް ތަފާތު ވާނެ ކަމަށާ ރިސޯޓު މުވައްޒަފުންގެ ކަންކަން ހުރީ ހަމަ ވަރަށް ފުރިހަމައަށް ކަމަށެވެ.ނަމަވެސް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެހެން ވިދާޅުވާއިރު، ރިސޯޓުތަކުގެ ސާވިސް ޗާޖާ ގުޅިގެން އެއްޗެއް ވިދާޅުވާން އޭނާއަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ މުވައްޒަފުންނަށް ސާވިސް ޗާޖު ނުދޭ ރިސޯޓުތަކުގެ ތެރޭގައި ގާސިމް އިބްރާހިމުގެ ރިސޯޓުތައް ހިމެނޭ ކަމަށާ އެހެންކަމުން އަލީ ވަހީދުއަށް އެކަމާ އެއްޗެއް ވިދާޅުނުވެވޭނެ ކަމަށެވެ. އެއީ އަލީ ވަހީދު ހުންނެވީ ގާސިމް އިބްރާހިމުގެ ވިޔަފާރީގެ ތެރޭގައި ނަގޫ ފިތިފައި ކަމަށްވުމުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.ނަޝީދު އިތުރަށް ވިދާޅުވީ ދދި ފަހުން ހޮޑާފުށި ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފަކާ ދޭތެރޭ އެ ރިސޯޓުން ކަން ކުރީ އެއްވެސް ހާލެއްގައި ކަންކޮށްގެންވާނެ އުސޫލަކުން ނޫން ކަމަށާ އޭނާ ދެއްކީ އޭނާގެ ހައްގެއް ޥާހަަކ ކަމަށެވެ. އެހެންކަމުން މުވައްޒަފުންނަށް އެމީހުންގެ ހައްގުތައް ހޯދާ ނުދޭ ރިސޯޓުތައް އޮޑިޓުކުރުމަށް ނަޝީދުވަނީ ޓުއަރިޒަމް މިނިސްޓްރީއަށް ގޮވާލާފައެވެ.ޓުއަރިޒަމް މިނސްޓަރު އަލީ ވަހީދު ދާދި ފަހުން ވިދާޅުވެފައިވަނީ ރިސޯޓު މުވައްޒަފުންގެ ކަންކަން ހުރީ ރަގަޅަށް ކަމަށާ އަދި ސާވިސް ޗާޖުވެސް ރިސޯޓުތަކުން ދެމުން އަންނަނީ އެކށިގެންވާ މިންވަރަކަށް ކަމަށެވެ. އެކަމާ ގުޅިގެން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ގެންދަނީ އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ