އެސްއެމްއީ ބޭންކު ލޯނަށް 1167 މީހުން ކުރިމަތިލި، ދޫކުރެވުނީ 38 ލޯނުގެ ފައިސާ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެސްއެމްއީ ޑިވެލޮޕްމެންޓު ބޭންކު މެދުވެރިކޮށް މިހާތަނަށް 38 ލޯނަކަށް ފައިސާ ދޫކުރެވިއްޖެއެވެ. އެސްއެމްއީ ބޭންކުން މިހާތަނަށް 38 ލޯނެއްގެ ފައިސާ ދޫކޮށްފައިވާކަން ހާމަކުރެއްވީ އިޤުތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލެވެ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ މިހާތަނަށް ކުދި ވިޔަފާރިތަކުގެ ތެރެއިން 764 ވިިޔަފާރިއަކުން ބޭންކުގެ ލޯނު އެހީއަށް އެދިފައިވާ ކަމުގައެވެ. އަދި އަމިއްލައަށް މަސައްކަތްކުރައްވާ ފަރާތްތަކުގެ ތެރެއިން 403 ފަރާތަކުން ލޯނަށް އެދިފައިވާ ކަމަށާއި، ޖުމްލަކޮށް 1167 ފަރާތުން ލޯނަށް އެދިފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި މިހާތަނަށް މިލޯނުތަކުގެ ތެރެއިން 38 ލޯނު ފައިސާ ދޫކުރެވިފައިވާއިރު، އިތުރަށް ދޫކުރުމަށް ނިންމިފައިވަނީ 263 ލޯނު ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. އަދި މިހާތަނަށް 57 ފަރާތެއް ލޯނަށް އެދުމުން ރިޖެކްޓުކުރެވިފައިވާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި ލޯނުތައް ދޫކުރުމާއި، އިޖުރާއާތު ފުރިހަމަކޮށް ލޯނު ދޫކުރުމަށް ނިންމުމުގެ މަސައްކަތް ލަސްވެފައިވަނީ ފުރަބަންދުގެ ސަބަބުންނެވެ. އަދި އެސްއެމްއީ ބޭންކުގެ ބައެއް މުވައްޒަފުންވެސް އެކަހެރިކުރަންޖެހުމުގެ ސބަބަުންވެސް މަސައްކަތް ލަސްވެފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭގެ އިތުރަށް ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މިހާރު ލޯނަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ 90% ފުރިހަމަކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމުގައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ