ކޯޓުން ނިންމާ ގޮތެއްގެ މަތިން ނެކްސްބިޒްގެ މައްސަލާގައި އަމަލުކުރަން ހުށަހެޅި އިސްލާހު ބަލައެއް ނުގަތް

ނެކްސްބިޒް މައްސަލަ ސްޕްރީމު ކޯޓުގައި އިލްތިމާސްކޮށްފައިވާތީ އެމަޝްރޫއާއި މެދު އެކޯޓުން ގޮތެއް ނިންމުމަށްފަހު ސަރުކާރުން އަމަލު ކުރަން ޖެހޭ ގޮތަށް ކަނޑައެޅުމަށް ބަޖެޓު ރިކޮމެންޑޭޝަނަށް ހުށަހެޅި އިސްލާހު ބަލައެއް ނުގަތެވެ.
ބޯޑަރ ކޮންޓްރޯލް ސިސްޓަމު ގާއިމު ކުރުމަށް ނެކްސްބިޒްއާއެކު ވެފައިވާ އެއްބަސްވުން އުވާލަން ބަޖެޓުގައި ހިމަނަން ނިންމާފައިވާ ނިންމުމަށް ފަރެސްމާތޮޑާ ދައިރާގެ މެމްބަރު އިބުރާހީމު މުއްތަލިބު މިއަދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ އެމައްސަލަ ސްޕްރީމު ކޯޓުން ބަލަމުންދާތީ އެމައްސަލައާއި މެދު އެކޯޓުން ވަކި ގޮތެއް ނިންމުމުން ސަރުކާރުން އަމަލު ކުރާނެ ގޮތެއް މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މުއްތަލިބު ވިދާޅުވީ އެގޮތަށް އިސްލާހު ހުށަހެޅުއްވީ މިނިންމުމުގެ ސަބަބުން މަޖިލީހަށް ސްޕްރީމު ކޯޓުގެ އަމުރާއި ހިލާފު ވެވިދާނެތީ ކަމަށެވެ.
ސްޕްރީމު ކޯޓުން އެބަ އޮވޭ، އަމުރެއް ކުރައްވާފައި ޝަރުއީ ދައިރާގައިވާ އެއްވެސް ކަމަކަށް ނުފޫޒު ފޯރާ ފަދަ ކަމެއް ނުކުރަން. މިމައްސަލައަކީ ސްޕްރީމު ކޯޓުން ބަލަމުންދާ މައްސަލައެއް. އެހެން ކަމުން ސްޕްރީމު ކޯޓުގެ އަމުރާ ހިލާފުވެވުނީ." ސީއެންއެމަށް މައުލޫމާތު ދެއްވަމުން މުއްތަލިބު ވިދާޅުވިއެވެ.
ބޯޑަރ ކޮންޓްރޯލް ސިސްޓަމު އުވާލަން މަޖިލީހުން ފާސްކޮށްފައިވަނީ އިއްޔެ ބައިވެރިވި 74 މެމްބަރުންގެ އިއްތިފާގުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ