މިނިވަން ރައްޔިތެއްގެ ގޮތުގައި ދެމިތިބެވޭނީ އިސްލާމްދީނާއި ގައުމު ސަލާމަތްކޮށްގެން ކަމަށައި އެހެން ކަމުން އަންނަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވަރަށް ވިސްނާފައިނޫނީ ގޮތް ނިންމުމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ގޮވާލައިފި އެވެ.
ވީނިއުސްއާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ގައުމެއް ދެމިއޮތުން ބިނާވެފައި ވަނީ އެ ގައުމެއްގައި އޮންނަ ހަމަޖެހުމެއްގެ މައްޗަށް ކަމަށާއި މިނިވަން ރައްޔިތަކު ދިރިއުޅޭ ގައުމެއްގެ ގޮތުގައި ރާއްޖެ ބާއްވަން ބޭނުންނަމަ އެންމެ އަތް ގުޅާލައިގެން ކުރިއަށްދާން ޖެހޭ ކަމަށެވެ.
"މި ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަކީ ވަކި ފަރުދެއްގެ ބޮލުމުގައި އެޅިފައިވާ ޒިންމާއެއް ނޫން. ޑިމޮކްރަޓިކް ވެއްޓެއް މިމުޖްތަމައުގައި ބިނާ ކުރުމަކީ ވެސް ވަކި ބައެއްގެ މަސްއޫލިއްޔަތެއް ނޫން. މިއީ އެންމެންގެ ކަމެއް ބައްލަވާ އިނގޭތޯ؟ މިގައުމުގެ ހަމަޖެހުން އޮތުމަކީ ކޮންމެ ރައްޔިތަކަށް ލިބޭނެ ފިނިކަމެއް، ހިންހަމަޖެހުމެއް ދެއްތޯ؟ އެހެންކަމުން މިމަސައްކަތުގައި ހުރިހާ ރައްޔިތުން ބައިވެރިވާންޖެހޭ. އަޅުގަނޑާއި ޑރ. ހަސަން ރިޔާސީ ރޭހަށް ނިކުތީ ވެރިކަމުގެ ބޭނުމުގައެއް ނޫން. މިގައުމާއި ރައްޔިތުންނަށްޓަކައި،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރާއްޖެއަށް ހަމަޖެހުން ގެނައުމަށް ކޮންމެ ފަރުދަކުވެސް ކުޅަދާނަވީ ވަރަކުން އެމަނިކުފަނާ ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށާއި އާއިލާތަކުގެ ހަމަޖެހުމާއި އުފާވެރިކަން ގެއްލި އާއިލާތަކުގެ މެދުގައި ފިތުނަވެރިކަން އުފެދި މުޅި މުޖްތަމައުގެ ސުލޫކީ މިންގަނޑު ގެއްލި އިގުތިސާދީ ގޮތުން ބޮޑު އަދަވަޅަކަށް ގައުމު ވެއްޓިގެން ދިއުމަކީ ބަލަންތިބެވޭނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑު މިހުރީ ވަރަށް ގިނަ ދާއިރާގައި މަސައްކަތްކޮށް ރައްޔިތުންނަށް ޚިދުމަތްކޮށް ތަޖުރިބާ ލިބިފައި. އަޅުގަނޑަށް ފެންނަން ބައިވަރު މައްސަލަތައް އެބަހުރި. އެހުރިހާ މައްސަލަތައް ހައްލުކުރަން އެބަޖެހޭ." ގާސިމް ވިދާޅުވިއެވެ.
ހަމަޖެހުން ހޯދަން އެންމެން އަތް ގުޅައިލަން ގާސިމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ