ކުޅުދުއްފުށީ އެކްސިޑެންޓްގައި މަރުވި އަހުމަދު އިބްރާހިމްގެ ޢާއިލާއަށް އެމްޑީޕީން ތައުޒިޔާ ކިޔައިފި

ރޭ ދަންވަރު ހދ ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓެއްގައި އެމްޑީޕީގެ އެކްޓިވިސްޓް އަދި ކުޅުދުއްފުށީ ދެކުނުދާއިރާގެ ސެކްރެޓެރީ އަހުމަދު އިބުރާހިމް އަވަހާރަވި ހިތާމަވެރި ހާދިސާއާއި ގުޅިގެން އެމްޑީޕީގެ ފަރާތުން މަރުޙުމް އަޙުމަދު އިބުރާހީމްއާއި ޢާއިލާ އަށް ތަޢުޒިޔާ ކިޔައިފިއެވެ.
"އަހުމަދު އިބުރާހީމަކީ މިޕާޓީ އަށްޓަކާ ނުހަނު މަތިވެރި ގުރުބާންތަކެއް ވެވަޑައިގެންފައިވާ އަދި އެޒުނާގެ ޚިދުމަތްތަކަކީ މިޕާޓީ ދެމިއޮހާހިނދަކު ފޮހެވިގެންދާނޭ ޚިދުމަތް ތަކެއް ނޫނެވެ. މަރުޙޫމް އަހުމަދުއިބްރާހީމް އަކީ ހީވާގި ކަމާއެކު ޕާޓީ ކުރިއެރުވުމަށްޓަކާ ތަފާތު ރޮނގުތަކުގައި ނުހަނު ހިއްވަރާއެކު މިހާތަނަށް މަސައްކަތް ކުރެއްވި އެކްޓވިސްޓެއްކަން މިޕާޓީއިން ފާހަގަކުރަމެވެ. މާﷲ މަރުޙޫމު އަހުމަދު އިބްރާހީމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ އަދި އަޙުމަދު އިބްރާޙިމްގެ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުންއެދި ދުއާ ދަންނަވަމެވެ" އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ދިވެހިގައުމަށް ގެއްލިގެން ދިޔައީ އަގުބޮޑު ޒުވާނެއްކަމަށާއި އަހުމަދު އިބްރާހީމް އަވަހާރަވި ހިތާމަވެރި ޚަބަކީ މުޅިއެމްޑީޕީ ސިއްސުވާލި ޚަބަރެއްކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވަނީ ބުނެފައެވެ.
"މިހިތާމައިގާ އެމްޑީޕީގެ އެންމެހައިވެރިންނާ އެންމެހާ މެންބަރުންގެ ނަމުގައި އެމަރުޙޫމު ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަށް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވަމެވެ" އަހުމަދު އިބްރާހިމްގެ މަރާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ