ވެރިންނަށް މަސައްކަތްކުރަން ހިއްވަރުދޭން ތިބި ބަޔަކީ ރައްޔިތުން- ރައިސް ޔާމީން

ވެރިންނަށް މަސައްކަތްކުރުމަށް ހިއްވަރުދޭން މިތިބީ ރައްޔިތުންކަމަށާއި، ވެރިން ރަނގަޅު މަގުގައި ހިންގުމަށް ނަސޭހަތްދޭންވެސް ތިބީ ރައްޔިތުންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ނ.މާޅެންދޫ ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ލިބޭ ނިއުމަތްތަށް ދޫކޮށްލާފައި އެހެން ދިމާލެއް އިޚްތިޔާރުކުރުމުގެ ބާރުވެސް ޑިމޮކްރަސީގައި އޮންނަނީ ރައްޔިތުންނަށް ކަމަށާއި، ރައްޔިތުންގެ ޝުއޫރާއި ހިޔާލާއި އެއްގޮތްވާ ގޮތުގެ މަތިން ސިޔާސީ ނިޒާމުގައި ކަންކަން ނިންމުމުގެ ހުރިހާ ބާރެއްވެސް މި އޮންނަނީ ރައްޔިތުންނަށް ކަމަށެވެ.
ރައްޔިތުން އެދޭ އެންމެ ބޮޑު އެއް އެދުމަކީ މަޞްލަޙަތާއެކީ ދިރިއުޅުން ކުރިއަށް ގެންދިއުން ކަމަށާއި، އެކަން ކުރެވޭނީ ރައްޔިތުން އެފަދަ ވެއްޓެއް ޤާއިމްކޮށްދީގެންކަމަށާއި، ރައްޔިތުންގެ އުއްމީދުތައް ފުރިހަމަކޮށްދެއްވުމަށް މިސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
" އަޅުގަނޑުގެ ސަރުކާރުން ރައްޔިތުންގެ އުންމީދުތަށް ފުއްދައިދެވޭތޯ އަބަދުވެސް މަސައްކަތް ކުރައްވާނަން" ރައީސް ވިދާޅުވިއެވެ.
އެގޮތުން މާފަރުގައި އެއާޕޯޓެއް ނޭޅިގެން އުޅޭތާވެސް 10 ވަރަކަށް އަހަރު ވެދާނޭ ކަމަށާއި، އެހެންނަމަވެސް މިހާރު މާފަރުގައި މި އެޅެނީ ވަރަށް ރަނގަޅު ވަރަށް ރީތި ބޮޑު ބައިނަލްއަގްވާމީ ވައިގެ ބަނދަރެއްކަމައް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ނ.މާފަރުގައި މި އެޅޭ ވައިގެ ބަނދަރާއި އެކީގައި ޓުއަރިޒަމްގެ ތަނަވަސްކަން މުޅި ނޫނު އަތޮޅަށް މިހާރައްވުރެ ބޮޑަށް ހުޅުވިގެން ދާނެ ކަމަށާއި އަދި މިކަމުން މާޅެންދޫ ކަހަލަ ރައްރަށުގައިވެސް ގެސްޓް ހައުސް އަށް ލިބޭ އިތުރު ފުރުސަތުތަށްވެސް ތަނަވަސްވެގެން ދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ