މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ކުރި އާދަޔާ ޚިލާފު ޙުކުމަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީތައް ސުޕްރީމް ކޯޓުން ބަލައިނުގަނެ އަނބުރާ ފޮނުވާލައިފިއެވެ.
ރައީސް ހުށަހަޅުއްވާފައިވާ 3 ސިޓީގެ ތެރެއިން އެއް ސިޓީގައި ރައީސް ހާމަކުރައްވާފައިވަނީ ޝަރުޢީ ދާއިރާގެ ހުރިހާ މަރުހަލާއެއް ނިމިފައިވާ ބަޔަކު ދޫކޮށްލުމުން ޤާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ ހަމަހަމަކަށް ބުރޫއަރާނެތީ ޤާނޫނު އަސާސީގެ ދަށުން އެއަމުރު ތަންފީޒު ކުރެވިދާނެ ކަމަށް ޤަބޫލު ކުރެވިދާނެކަމަށް އެމަނިކުފާނަށް ޤަބޫލެއް ނުކުރެވޭ ކަމަށާއި، އެހެންކަމުން ޤާނޫނު އަސާސީގެ ދަށުން ކަންތައްތައް ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަވައި ދެއްވުން އެދި ދަންނަވާ ކަމަށެވެ.
ދެވަނަ ސިޓީގައި ރައީސް ވިދާޅުވެފައިވަނީ ޖޭއެސްސީ އަކީ ޤާނޫނު އަސާސީގެ ބާރުގެ ދަށުން އެކުލަވާލާފައިވާ ކޮމިޝަނަކަށް ވާތީ އެކޮމިޝަންގެ މަސައްކަތްތައް ކުރެވޭނެ ގޮތައް ކޯޓުގެ އަމުރު ބަދަލުކޮށްދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.
ތިންވަނަ ސިޓީގައި ރައީސް ވިދާޅުވީ ޑީޖޭއޭގެ އިސްވެރިޔާ ސައީދު ދޫކޮށްލަން ކޮށްފައިވާ އަމުރުގެ ސަބަބުން ފުލުހުންގެ ތަޙްޤީޤަށް ހުރަސް އެޅޭތީ ޤާނޫނު އަސާސީގެ ދަށުން ރައީސް އަދާކުރައްވަން ޖެހޭ ޒިންމާ އަށް ހުރަސް އެޅިފައިވާ ކަމަށާއި އެހެންކަމުން އެއަމުރު ބާތިލްކޮށްދިނުން އެދި ދަންނަވާކަމަށެވެ.
ދައުލަތުގެ އެންމެ މަތީވެރިޔާ ރަސްމީ ގަޑީގައި އޮންނަ އުސޫލުތަކާއި އެއްގޮތައް ސުޕްރީމް ކޯޓަށް ފޮނުއްވެވި ސިޓީތަކެއް އެކޯޓުން ބަލައި ނުގަތް ސަބަބެއް ސާފުވެފައި ނުވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޓީތައް ހުށަހަޅަން ދިއުމުން ސުޕްރީމް ކޯޓުގެ ރިސްޕްޝަނުން ވަނީ އެސިޓީތައް ބަލައި ނުގަންނަން އަންގާފައިވާ ކަމަށް ބުނެފައެވެ.
ރައީސް ފޮނުއްވެވި ސިޓީފުޅުތައް ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ