މާލޭ ސަރަހައްދުގައި ފިތުރު ޒަކާތް ބަލައިގަތުން އޮންލައިންކޮށް

މާލޭ ސަރަހައްދުގައި މިފަހަރު ފިތުރު ޒަކާތް ބަލައިގަންނާނީ އޮންލައިންކޮށް ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ، މާލޭގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ޒަޔާތް ދައްކަން ޖެހޭނީ އުރީދޫ އެމް ފައިސާ އެޕްލިކޭޝަން އަދި އެސް.އެމް.އެސް މެދުވެރިކޮށްނާއި ބީއެމްއެލް އާއި އެމްއައިބީގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކަމަށެވެ.
ފިތުރު ޒަކާތުގެ ގޮވާމުގެ އަގު:
އާދައިގެ ހަނޑޫ: 15 ރުފިޔާ
ތައިލެންޑް ހުދު ހަނޑޫ: 48 ރުފިޔާ
ބާސްމަތީ ހަނޑޫ: 105 ރުފިޔާ
ރަތް ހަނޑޫ: 65 ރުފިޔާ
އާދައިގެ ފުށް: 12 ރުފިޔާ
އާޓާ ފުށް: 55 ރުފިޔާ
މާލެ ސިޓީ ފިޔަވައި އެހެން ސިޓީތަކާއި ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެރަށެއްގެ ކައުންސިލުން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ކޮވިޑް19ގެ ބަލިމަޑުކަމުގެ ހާލަތު މި ރަމަޟާން މަހުގެ ތެރޭގައި ރަނގަޅުވެ އާއްމު ހާލަތަކަށް އަތުވެއްޖެނަމަ އެހެން އަހަރު ތަކެކޭ އެއްގޮތަށް މިނިސްޓްރީގެ ހޯލުން ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ