މަޝްހޫރު ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންގެ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ފަސް މަސްދުވަހަށް ސްޕްރީމް ކޯޓުން ދެންމެ ސަސްޕެންޑް ކޮށްފިއެވެ.
ސުޕްރީމް ކޯޓުން އަލީ ހުސައިންގެ ވަކާލާތު ކުރުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާފައިވަނީ ވީ މީޑިއާއަށް ދެއްވި އިންޓަވިއުއަކާއި ގުޅިގެންނެވެ.
ެއެ އިންޓަވިއުގައި އަލީ ހުސައިންވަނީ 'ގޮނޑިއާއިމެދު ސުޕްރީމް ކޯޓުން ނިންމަންޖެހޭ ނިންމުމެއް ނެތް" ކަމަށް ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުން ބުނީ މި މައްސަލާގައި އަލީ ހުސައިން ހާޒިރުކޮށް ނެގި ބަޔާނުންވެސް ވަކީލުންނާއި ބެހޭ ގަވާއިދުގެ މާއްދާތަކާއި ހިލާފުވެފައިވާކަން އެނގޭތީ އަލީ ހުސައިން ފަސް މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
އަލީ ހުސައިން ވަނީ މީގެ ކުރިންވެސް ވަކީލުކަން ކުރުމުން ސަސްޕެންޑް ކޮށްފައެވެ.
އަލީ ހުސައިން ސުޕްރީމް ކޯޓުން ސަސްޕެންޑްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ