ބެސްޓްބަޑީ ކައުންސިލް ފުޓްސަލް ފިއެސްތާ 2018 ގެ ފުރަތަމަ މެޗްގައި އެފްސީ އައިވެންޓަސްއާއި ވާދަކޮށް ތަންގަނޑު އެފްސީ އިން މެޗު ކާމިޔާބުކޮށްފިއެވެ.
ވާދަވެރި ކަމާއި އެކު މިއަދު ހަވީރު ކުޅުނު މިމެޗު ތަންގަނޑުން ކާމިޔާބު ކުރީ 5ލަނޑު 3 ލަނޑުގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ދެ ގޯލް ޖަހާ ލީޑު ނެގީ އައިވެނަޓަސް އިންނެވެ. ނަމަވެސް ތަންގަނޑަށް ލިބުނު ފުރުސަތުގެ ތެރެއިން ކުޅެ ނަތީޖާ އެޓީމުގެ ކޮޅަށް އަނބުރާލިއެވެ.
މިމެޗުގެ ޝަރަފުވެރިކަން ކޮށްދެއްވީ މީދޫގައި ފުޓުބޯޅަ ދާއިރާގައި ފާހަގަކޮށްލެވޭ ކުރީގެ ކުޅުންތެރިޔާ އަހުމަދު ނަސީމެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތަންގަނޑު އެފްސީގެ ޖާރޒީ ނަމްބަރު 27 އާތިފް ޒާހިރެވެ.
މި މުބާރާތުގެ ދެވަނަ މެޗު މިރޭ އޮންނައިރު މި މެޗުގައި ވާދަކުރާނީ އެމްކޮކޯ އަދި ޕީއެސްސީ އެވެ.
ބެސްޓްބަޑީ ކައުންސިލް ފުޓްސަލް ފިއެސްތާ 2018: ތަންގަނޑު އެފްސީއިން މުބާރާތުގެ ފެށުން ރަނގަޅުކޮށް، ޓީމްއަށް އިތުރު ހިތްވަރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ