ނޭޝަނަލް އެއިރޯނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އިން މިމަހު މާސް އަށް ކުރަން އޮތް ދަތުރު "ޕްރޮޖެކްޓް އިންސައިޓް" 2018 އަށް ރަސްމީކޮށް ލަސްކޮށްފިއެވެ.
ޕަރޮޖެކްޓް "އިންސައިޓް" އަކީ މާސްގެ ދިރާސާތައް ކުރުމަށް ޓަކައި ނާސާއިން އުޅަނދެއް ފޮނުވައިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
އެ ޕްރޮޖެކްޓްގެ މަސައްކަތް ލަސް ކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެ ޕްރޮޖެކްޓް މިދިޔަ އަހަރު ލޯންޗު ކުރުމަށް ފުރަތަމަ ވަނީ ނިންމާފައެވެ. އެ އުޅަނދުގައި ހުރި ސައިންޓިފިކް ބައެއް ތަކެތީގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވުމުން އެ ޕްރޮޖެކްޓް މި މަހަށް ލަސްކޮށްފައިވެއެވެ.
ނަމަވެސް މިހާރު އެ ޕްރޮޖެކްޓް ފަށާ އިންސައިޓް ލޯންޗު ކުރެވޭނެ ކަމަށް ލަފާ ކުރަނީ ފަހެއް މެއި 2018 ގައި ކަމަށް ނާސާއިން ވަނީ ބުނެފައެވެ. އަދި އެ އުޅަނދު މާސްގައި ޖެއްސުމަށް ލަފާކޮށްފައިވަނީ އެ އައަހަރުގެ ނޮވެމްބަރު 26 ގައެވެ.
މިފަހަރު އެއުޅަނދު ލޯންޗު ކުރުން ލަސްކޮށްފައިވަނީ އޭގައި ބައެއް ލީކްތައް ހުރުމުން ކަމަށް ނާސާއިން ވަނި ހާމަކޮށްފައެވެ.
އިންސައިޓްގެ ސައިންޓިފިކް ބައެއްތަކެތި ބަހައްޓާފައި ހުރި ވެކިއުމް ސީލްކޮށްފައިވާ ކޮންޓެއިނަރެއްގައި ލީކެއް ހުރި ކަމަށް މިދިޔަ އަހަރު ނާސާއިން ވަނީ ބުނެފައެވެ.
އެ ކޮންޓެއިނަރުގައިވާ ތަކެއްޗަކީ "އެސްއީއައިއެސް"ގެ ނަމުން ނަން ދެވިފައިވާ ތަކެއްޗެވެ. އެތަކެތީގެ ބޭނުމަކީ މާސްގެ ބިމު އަޑީގެ ދިރާސާތައް ކުރުމެވެ. އެގޮތުން ބިންހެލުން އުފެދުން ފަދަ ކަންތައް ބެލުމަކީ އޭގެ މަސައްކަތް ކަމަށް ނާސާ އިން ވަނީ ބުނެފަ އެވެ.
މާސްގައި މިހާރުވެސް ނާސާގެ އުޅަނދެއް ދަނީ ހަރަކާތްތެރިވަމުންނެވެ. "ކިއުރިއޯސިޓީ ރޯވާ"ގެ ނަން ދެވިފައިވާ އެ އުޅަނދުގެ މައިގަނޑު މަސައްކަތަކީ މާސް އިން ފެނުގެ ނިޝނެއް ހޯދުމެވެ. އެގޮތުން މާސްގައި ފެން އުފެދޭކަން ކަށަވަރުކޮށްދޭ ހެކިތަކެއް ވަނީ ކިއުރިއޯސިޓީ ރޯވާއަށް ދާދި ފަހުން ފެނިފަ އެވެ.
ނާސާގެ ޕްރޮޖެކްޓް އިންސައިޓް އަނެއްކާވެސް ފަސްކޮށްފި، މިފަހަރު 2018 އަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ