އެމްއާރްއެމް ގެ ރައީސްގެ މަގާމަށް ފާރިސް މައުމޫން

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ރައީސްގެ މަގާމަށް ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ފާރިސް މައުމޫން ކުރިމަތިލައްވައިފިއެވެ.
ފާރިސް، ރައީސްގެ މަގާމަށް ކުރިމަތިލެއްވި އިރު، އެ ޕާޓީގެ ޒައީމްގެ މަގާމަށް، ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވަނީ ކުރިމަތިލައްވާފައެވެ.
ރައީސް މައުމޫނު މިއަދު ވަނީ އެމްއާރްއެމްގެ ޒަޢީމުކަމުގެ މަޤާމަށް ކުރިމަތިލެއްވިކަން ހާމަކުރައްވާފައެވެ. އެ ގޮތުން އެ މަނިކުފާނު ވަނީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުލްއަލީމާއި ފޯމު ހަވާލުކުރައްވާފައެވެ.
އެމްއާރްއެމްގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްއާރްއެމް އަކީ ޕީޕީއެމްގެ ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން ފެއްޓެވި އިސްލާހީ ހަރަކާތުގެ ތެެރެއިން ރައީސް މައުމޫން އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. 
ފޮޓޯ: އަވަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ