ގާސިމް ފުލުހަށް ހާޒިރު ކުރުމުން، އެމްއެމްއޭ ކައިރިއަށް ބަޔަކު އެއްވެއްޖެ
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރު ކުރުމުން، އިދިކޮޅު ސަޕޯޓަރުން ޖުމްހޫރީ މައިދާނާ ސިމާލު، އެމްއެމްއޭ ކައިރިއަށް އެއްވެއްޖެ އެވެ. ޝަހީދު ހުސައިން އާދަމް ބިލްޑިންގައި ހިންގާ ފުލުހުންގެ މައި އިދާރާއަށް، ގާސިމް މިރޭ ވަޑައިގެންނެވި ވަގުތު އެމަނިކުފާނާއެކު އިދިކޮޅު ފަރާތްތައް ވެސް އެ ސަރަހައްދަށް ވަޑައިގެންނެވި އެވެ. ގާސިމް ފުލުހުންގެ އިދާރާއަށް ވަޑައިގެންނެވީ ޖުމްހޫރީ މައިދާންގެ ތެރެއިން ކަހަލަ ގޮތަކަށެވެ. ގާސިމްގެ ފަހަތްޕުޅުން އެހެން ބޭފުޅުން ވަޑައިގަންނަވަން އުޅުމުން ފުލުހުން ވަނީ އެ ބޭފުޅުން ހުއްޓުވައި، ގާސިމް އެކަނި ކުރިއަށް ވަޑައިގަތުމުގެ ފުރުސަތު ދެއްވާފަ އެވެ. ގާސިމާއެކު އެމަނިކުފާނުގެ ގާނޫނީ ވަކީލު ވެސް ފުލުސް އޮފީހަށް ވަޑައިގެންނެވި އެވެ. އެވަގުތު ގިނަ ބަޔަކު ތިބީ ޖުމްހޫރީ މައިދާން ތެރޭ ކަހަލަ ގޮތަކަށެވެ. ފުލުހުން ވަނީ އެ ސަރަހައްދަށް އެއްވި މީހުން ދުރަށް ޖައްސައި، އެމްއެމްއޭއަށް ވުރެ ފަހަރަށް ޖައްސާފަ އެވެ. އެމްއެމްއޭއާ ދިމާލަށް އެއްވެފައި ތިބި މީހުން ދަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުންނެވެ. ފުލުހުން ގެންދަނީ އެ މީހުން ވެސް މަޑުމަޑުން އެ ސަރަހައްދުން ދުރަށް ޖައްސަމުންނެވެ. (ތަފްސީލު އަންނަނީ....)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ