ވީހާ ވެސް ގިނަ މީހުން ގާސިމް އިބްރާހިމްއާ އެކު ފުލުސް އޮފީސް ދޮށަށް ދިއުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ވީހާ ވެސް ގިނަ މީހުން ގާސިމް އިބްރާހިމާ އެކު ފުލުސް އޮފީސް ދޮށަށް ދިއުމަށް ރައީސް ނަޝީދު ގޮވާލައްވައިފިއެވެ.
 
ޖުމްހޫީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބުދަ ދުވަހުގެ ރޭ 8:30 ގައި ފުލުހަށް ހާޒިރުކުރުމަށް ނިންމާފައި ވާތީ، އެމަނިކުފާނުގެ އަރިހުގައި ގިނަ ބަޔަކު ދިއުމަށް ރައީސް ނަޝީދު އެދިވަޑައިގެން ގޮވާލެއްވީ ހަވީރު ކުރެއްވި ޓްވީޓެއްގައެވެ.
 
ރައީސް ނަޝީދު ވިދާޅުވީ، ގާސިމް އިބްރާހިމް ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ، ސިޔާސީ ބޭނުމެއްގައި ބިރުދެއްކުމަށް ކަމަށެވެ.
 
ބުދަ ދުވަހުގެ ރޭ ފުލުސް އޮފީހަށް ގާސިމް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވާއިރު، ގާސިމަކީ މިވަގުތު އިދިކޮޅު ސިޔާސީ ޕާޓީތައް ހިންގާ ހަރަކާތުގައި އެންމެ އިސްކޮށް ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް އެކުލަވާލާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ވެސް އެންމެ އިސްކޮށްހުންނެވި އެއް ލީޑަރެވެ.
Hon. Qasim @PoliceMv ah gendhanee siyaasee beynumah, birudhekumah. Veehaaves gina beyfulhun Hon. Qasim arihuga fulus office ah dhiumah edhen
ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ބުނެފައި ވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން މަޖިލީހަށް ވައްދާނެ ކަމަށާއި އެކަން ކާމިޔާބުކޮށް، ގައުމު ހަމަމަގަށް އަޅުވާނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.
ގާސިމް ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގާފައިވާއިރު، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުސް އޮފީހަށް ހާޒިރު ކޮށް ފޯނު ވެސް އަތުލާފަ އެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ