ނުރައްކަލެއް ނެތްކަން ކަށަވަރު ކުރެވިއްޖެ ނަމަ މާދަންވެސް ކުއްލި ނުރައްކަލުގެ ހާލަތު އުވައިލާނެ: އުމަރު ނަޞީރު

ފުލުހުންނާއި ސިފައިން ބަލަމުންގެންދާ ކަންކަމަމަށް ކުރިއެރުން ލިބި، ނުރައްކަލެއް ނެތްކަން ކަށަވަރުކުރެވިއްޖެ ނަމަ މިހާރު ރާއްޖޭގައި އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު މާދަންވެސް އުވައިލަންވީ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޙޯމް މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ސިފައިންގެ ހަތިޔާރު ގުދަނުން ބައެއް ހަތިޔާރު ގެއްލި އަދިވެސް ނުފެންނާތީ އާއި މަގުމަތިން ގޮވާތަކެތި ފެނުން ފަދަ ރައްޔިތުންނަށް ގެއްލުން ލިބިދާނެ މައްސަލަތަކެއް ކުރިމަތިވުން ކަމަށެވެ.
"ކޮންމެހެން ލާޒިމެއް ނޫން 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓާކަށް. މިމައްސަލަތައް ހައްލުކުރެވުނީމާ އެނިމުނީ. ސަރުކާރުގެ ހަމައެކަނި ބޭނުމަކީ ރައްޔިތުންނަށް ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުން."
ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ދާދި އަވަހަށް ހައްލުކުރެވޭނެ ކަމަށް އުންމީދުކުރައްވާކަމަށް ޑިފެންސް އެންޑް ޭޝަނަލް ސެކިޔުރިޓީ މިނިސްޓަރ އާދަމް ޝަރީފް އުމަރު ވެސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ