މާޔަންގެ ކަންބޮޑުވުންތައް މަޖްލީހުން ބަލަން ނަޝީދު އެދިވަޑައިގެންފި

އޭއެފްސީގެ އިންތިޚާބްގައި ވާދަކުރި އެފްއޭއެމް މަރިޔަމް މާޔަންގެ ކަންބޮޑުވުންތަކާއިގުޅޭ މައްސަލައެއް ބަލަން ރައްޔިތުންގެ މަޖްލީހުންގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަންނަވައިފިއެވ. ރައްޔިތުންގެ މަޖްލީހުގެ ރައީސް މުހައްމަދު ނަޝީދު މާޔަންގެ ކަންބޮވުންތާކާގުޅޭ މައްސަލަ ބަލަން އެދިވަޑައިގަންނަވާފައިވަނީ މިއަދު ރައްޔިތުންގެ މަޖްލިސް ފައްޓަވަމުން ދެއްކެވި ފާހަކަފުޅުގައެވެ. މާޔަންވަނީ 2019ވަނަ އަހަރު އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް އެފްއޭއެމްގެ ފަރާތުން ކުރިމަތިލިއެވެ. އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ ސައުތު ޒޯންގެ ގޮނޑިއަށް މާޔަންއާއެކު ވާދަކުރީ ބަންގްލަދޭޝްގެ މަހްފޫޒާ އަހުތަރު ކިރަންއެވެ. މިގޮޑި މަހްފޫޒާ އަހުތަރު ކާމިޔާބުކުރައްވާފައިވަނީ އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވޭތުގެ އަހުމަދު އަލް-ސަބާހް ވަކި ކެންޑިޑޭޓެއް ހޮވުމަށް މިއިންތިހާބްގައި ނުފޫޒު ފޯރުވާފައިވާކަމަށް ބުނެ މާޔަން ވަނީ ސީއޭއެސްއަށް މައްސަލައެއްވެސް ހުށައަޅާފައެވެ. މިމައްސަލަ މާޔަންއާއި އެއްކޮޅަށް ނިމިފައިވާއިރު، މާޔަންވަނީ އޭއެފްސީގެ މެންބަރުކަމަށް ވަކި ކެންޑިޑޭޓެއް ހޮވުމަށް ބާރުގަދަ ފަރާތްތަކުން އެ އިންތިހާބަށް ނުފޫޒް ފޯރުވައި ޖިންސީ ތަފާތު ކުރުން ގެންގުޅުމުގެ އިތުރުން އަންހެނުންނަށް ކުރިމަތިލެވޭ މަގާމުތައް މަދުކުރިކަމަށް ބުނެފައެވެ. އަދި މިއިންތިހާބުގައި މާޔަންގެ ނަން އަނބުރާ ނެގުމަށް ބަޔަކު ނުފޫޒް ފޯރުވަން މަސައްކަތް ކުރިކަމަށްވެސް މާޔަން ތުހުމަތުކޮށްފައިވެއެވެ.
ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއަށް މާޔަންއާއި އެއްކޮޅަށް މައްސަލަ ނިންމާ ނެރުނު ބަޔާންގައި ބުނެފައިވަނީ މާޔަންގެ ތުހުމަތުތައް ޓްރައިބިއުނަލަށް ސާބިތުވި ނަމަވެސް އިންތިހާބުގެ ނަތީޖާތައް ބާތިލް ކުރުމުގެ ބާރު ސީއޭއެސްއަށް ނެތް ކަމަށް ބުނެފައެވެ. އަދި އިންތިހާބެއް ބާތިލްކޮށް އަލުން އިންތިހާބު ބޭއްވުމަކީ އޭއެފްސީއަށް އޮތް ބާރެއް ކަމަށް ވެސް ޓްރައިބިއުނަލުން ވަނީ ފާހަގަކޮށްފައެވެ. އަދި މީގެ އިތުރުން މާޔަންގެ ޝަކުވާތައް އޭއެފްސީއިން ބަލައި ވަކި ގޮތެއް ނިންމާފައި ނުވާތީ އިންސާފަށް ހުރަސް އެޅިފައިވާކަމަށެވެ. އަދި ނަން ނެގުމަށް މާޔަންއަށް ބަޔަކު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި ސީއޭއެސްއިން ވަނީ މާޔަން ދިން ހެކިބަހަކީ ގަބޫލުކުރެވޭ ހެކިބަހެއް ކަމަށާއި، އެ މައްސަލައިގައި އޭއެފްސީއިންވެސް މާޔަންގެ ވާހަކަތަކަށް ދެކޮޅު ހަދާފައިނުވާކަންވެސް ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއަށް މާޔަން ހުށައެޅި މައްސަލަ މާޔަންއާއި އެއްކޮޅަށް ނިންމާފައިވާ ބަޔާނުގައި ބުނެފައިވެއެވެ. މި ތުހުމަތުތަކާއި ގުޅިގެން މާޔަން ހުށަހެޅުއްވި މައްސަލަ ފީފާގެ އެތިކްސް ކޮމިޓީއިން ދަނީ އަދިވެސް ބަލަމުންނެވެ. މާޔަންގެ މިތުހުމަތުތަކާއި ގުޅިގެން ޝެއިޚް އަހުމަދު ވަނީ މީގެ ކުރިންވެސް މި ތުހުމަތުތަކަށް ދެކޮޅު ހަދާ އެއްވެސް ނުފޫޒެއް ބޭނުންކޮށްގެން ވަކި މީހަކަށް ގޮނޑި ހޯދައިދިނުމަށް މަސައްކަތް ކޮށްފައިނުވާކަމަށް ބުނެފައެވެ.
ރައްޔިތުންގެ މަޖްލީހުގެ މިއަދުގެ ޖަލްސާގައި ފައްޓަވަމުން ރައީސް ރަޝީދު ވިދާޅުވީ އޭއެފްސީ އިންތިޚާބުގައި ކަންތައްތައް ހިގައިދިޔަގޮތުން ކަންބޮޑުވާ އެތައްކަމެއް އެބަހުރިކަމަށެވެ. އަދި އޭއެފްސީއަށް މާޔަން ކުރިމަތިލީ އެފްއޭއެމްގެ ފަރާތުންކަމަށާއި ނަމަވެސް އެފްއޭއެމްގެ ފަރާތުން މާޔަންއަށް އެއްބާރުލުމެއް ނުލިބޭކަމަށް ބުނެފައެވެ. އަދި މިމައްސަލަ ހިގައިދިޔަގޮތް ބަލައިދިނުމަށް މަޖްލީހުގެ އިޖްތިމާއީ ކޮމެޓީއިން އެދޭކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. އަދި މަޖްލީހުން މިމައްސަލަ ބަލަން ނިންމުމުން މާޔަންވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ