ޓްރާންސްފާ ކޮށްގެން ފެން ބިލަށް ފައިސާ ދެއްކުމަށް ފަހު ރަސީދު ފޮނުވައިދޭން އެދިއްޖެ

ޑައިރެކްޓް ބޭންކް ޓްރާންސްފާ މެދުވެރިކޮށް އެމްޑަބްލިއުއެސްސީގެ ހިދުމަތްތަކަށް ފައިސާ ދެއްކުމަށް ފަހު ރަސީދު ފޮނުވުމަށް އެދިއްޖެއެވެ.
އެމްޑަބްލިއުއެސްސީން ބުނީ ޑައިރެކްޓް ބޭންކް ޓްރާންސްފާ މެދުވެރިކޮށް ކުންފުނީގެ ހިދުމަތްތަކަށް ފައިސާ ދައްކާ ފަރާތްތަކުން ފައިސާގެ ރަސީދު ފޮނުވުމަށް ހާއްސަ ވެބްޕޭޖެއް ހަދާފައިވާ ކަމަށެވެ.
މިގޮތުން ފައިސާ ދެއްކުމަށް ފަހު ހުރިހާ ފަރާތްތަކުން ވެސް ޓްރާންސެކްޝަންގެ ތަފްސީލާއި ރަސީދު އެ ވެބްޕޭޖަށް ފޮނުވުމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.
އެމްޑަބްލިއުއެސްސީން ބުނީ ބައެއް ފަރާތްތަކުން ފައިސާ ދެއްކުމަށް ފަހު ވެބްޕޭޖު މެދުވެރިކޮށް ފޯމު ފުރިހަމަ ކޮށްފައި ނުވާތީ އެ ފަރާތްތަކުގެ އެކައުންޓްތައް އަޕްޑޭޓް ވުމުގައި އަދި ފައިސާ ދައްކާފައިވާ ފަރާތްތައް ދެނެގަތުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ.
އެހެން ކަމުން ފައިސާ ދެއްކުމަށް ފަހު ލިންކުގައި ވާ މައުލޫމާތު ފުރިހަމަ ނުކުރާ ކަސްޓަމަރުން ވީ އެންމެ އަވަހަކަށް މައުލޫމާތު ފުރިހަމަ ކުރުމަށް ފަހު، ފައިސާގެ ރަސީދު އެ ވެބްޕޭޖް މެދުވެރިކޮށް ހިއްސާ ކުރުމަށް އެމްޑަބްލިއުއެސްސީން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ